ގުރައިދޫ ޞިއްޙީ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 20 އޮކްޓޫބަރު 2016 ގައި މި މަރުކަޒުން ކޮށްފައިވާ KGH 2016/09 ނަންބަރުގެ އިޢުލާނުގައި ހިމަނަންޖެހޭ ލިއުންތަކެއް ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާން ކުރަމެވެ.

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމް:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

MS 1  

މަޤާމުގެ ރޭންކް:

ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

1 (އެކެއް)

ބޭނުންވާ އަދަދު:

ކ. ގުރައިދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

- މުސާރަ: މަހަކު -/5610 ރުފިޔާ

- ސަރވިސް އެލެވަންސް: މަހަކު -/2000 ރުފިޔާ

- މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑިގައި ކުރާ މަސައްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މުސާރައާއި، ޢިނާޔަތްތައް:

1- ހެލްތު މާސްޓަރ ޕްލޭނާއި، މިނިސްޓްރީގެ ސްޓްރެޓެޖިކް ޕްލޭނުގެ މައްޗަށް ޞިއްޙީ މަރުކަޒުގެ ޢަމަލީ މަސައްކަތް ރާވައި ހިންގުމާއި، ލަނޑުދަނޑިތައް ހާސިލުވާނޭގޮތަށް ޞިއްޙީ މަރުކަޒުގެ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ ލަފަޔާއި މަޝްވަރާގެމަތިން ރާވައި ހިންގުން.

2. ޞިއްޙީ މަރުކަޒުން ދިނުމަށް މިނިސްޓްރީ އޮފް ހެލްތުން މި މަރުކަޒު ގިންތިކޮށްފައިވާ މިންވަރަށް ކަނޑައަޅައިފައިވާ ޚިޛުމަތްތަށް ދިނުމުގައި ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ މަޝްވަރާއާއެކު، މައްސަލަތައް ޙައްލުކުރުން.

3. ޞިއްޙީ މަރުކަޒުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ މަޝްވަރާޔާއެކު ރާވައި ހިންގައި ބެލެހެއްޓުމާއި، އެކުލަވައިލާފައިވާ އޮނިގަނޑާ އެއްގޮތަށް މަސައްކަތްތައް ރާވައި، މުވައްޒަފުންނާ މަސައްކަތްތައް ހަވާލުކުރުމާއި، މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން.

4. މިނިސްޓްރީ އޮފް ހެލްތުން މި މަރުކަޒު ގިންތިކޮށްފައިވާ މިންވަރަށް ޚިޛުމަތްދިނުމަށް މުވައްޒަފުން ތަމްރީނުކުރުމުގެ ޕްލޭނެއް އެކުލަވައިލައި، މިނިސްޓްރީއާ ގުޅިގެން އެ ޕްލޭން ތަންފީޒުކުރުން.

5. ގިންތިކޮށްފައިވާ މިންވަރަށް ޚިޛުމަތްދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ ސަމާލުކަމަށް ގެނެސް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތަށް ތަކެތި ހޯދުމަށް އެފަރާތަށް އެހީތެރިކަން ދިނުން.

6. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ އެއްގޮތަށް ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހައި ކަންތައްތައް ކުރުން.

7. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްތައް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ކުރުން.

8. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، އެހެނިހެން މަސައްކަތްތައް ކުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހިއުމަން ރިސޯސް މެނޭމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖުމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެންޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލަޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕޮރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖުމަންޓް، ބިޒްނަސް މެނޭޖްމަންޓް އެންޕްލޯއިމެންޓް ލޯ، ޕަބުލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލަޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕޮރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި  2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ހިއުމަން ރިސޯސް މެނޭމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެންޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލަޖީ، ބިޒިނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3. ހިއުމަން ރިސޯސް މެނޭމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖުމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެންޕްލޯއިމެންޓް ލޯ، ޕަބްލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލަޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕޮރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ތައުލީމާއި ތަޖުރިބާ:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހިވާގި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ކ. ގުރައިދޫ ޞިއްޙީ މަރުކަޒުގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 21 ވާ ބުދަ ދުވަހުގެ 13:00 އެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ތާރީޚު:

- މުއްދަތުހަމަވި ތާރީޚުން  ފެށިގެން  15 ދުވަހުގެ ތެރޭގައި، މި މަރުކަޒުގައި އިންޓަވިއު އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް  ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ގުރައިދޫ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
 
މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮއްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިއުމުގެ ކޮޕީއާއި ޓްރާސްޓްކްރިޕްޓުގެ ކޮޕި)

(ށ)ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރިޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމުގެ ކޮޕީއާއި ޓްރާސްކްރިފްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮއްފައިވާ ލިއުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާކޮށްފައިވާ ލިއުމެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.    

ހުށަހަޅަންޖެހޭ ތަކެތި:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، މި މަރުކަޒުގެ 6640405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

8 ރަބީއުލްއައްވަލް 1438

06 ޑިސެންބަރު 2016
ހޯދާ