ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ 02 ވަނަ ފަންގިފިލާގައި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ 02 ވަނަ ފަންގިފިލާގައި ބައެއް ތަންތަން މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރަން ބޭނުންވެއެވެ. މިކަމާބެހޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 2016 ޑިސެންބަރު 13 ވާ އަންގާރަ ދުވަހުގެ 13:00 އަށް ވިލިނގިލީ އަވަށުގައި ހުންނަ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 14:00 އަށް އަންދާސީހިސާބު މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ