ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަންކިޔުން

އިޢުލާން

ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޢިމާރާތްކުރުމަށް ހަމަޖެހިފާއިވާ ބިމުގައިހުރި ރުއްގަސް ނީލަންކިޔުން 2016 ޑިސެންބަރު 9 ވާ ހުކުރުދުވަހުގެ 14:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ.  

ވީމާ، މި ނީލަމުގައި ބައިވެރިވެ ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފައިސާ ދައްކަވައި 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް ނީލަމުން ނެންގެވި ތަކެތި ބުޑުން ކޮނެގެން ނަންގަވައި ބިން ސާފުކުރައްވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ކަނޑުއްވައި ބިން ސާފުކުރައްވައި ތަކެތި ނުގެންދަވައިފިނަމަ، މި އިދާރާއިން ކިޔާ އެއްވެސް ނީލަމެއްގައި ކުރިއަށް އޮތް 1 އަހަރުދުވަހުގެ ތެރޭގައި އެފަރާތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ