އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ލަފާދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އިޢްލާން

އދ.ފެންފުށީގައި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 9 ބިން، ކުއްޔަށް ދިނުމަށް ބޭނުންވާ ޝަރުޠުތައް ހިމެނޭގޮތަށް 9 ބިމަށް ވަކިން ބިޑް ޑޮކިއުމެންޓްސް ތައްޔާރުކުރުމާއި، އިޢުލާންކުރުމާއި، މަޢުލޫމާތު ދިނުމާއި، ބިޑް އިވެލުއޭޓް ކުރުމާއި، ބިޑް ކާމިޔާބުކުރާ އެއްބަސްވުމުގެ ޑްރާފްޓް އެކުލަވާލުމާއި، އަދި ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން ކުއްޔަށް ދިނުމާ ގުޅޭ ކަންކަމުގައި ޤާނޫނީ ލަފާދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ޝަރުޠު: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން، ޤާނޫނީދާއިރާއިން މާސްޓަރސް ނުވަތަ ބެޗެލަރސް ޑިގްރީއެއް އޮތުން. ނުވަތަ އެފެންވަރުގެ ޤާނޫނީ ވަކީލުން މަސައްކަތްކުރާ ލޯފާމެއް ކަމުގައިވުން.

     ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތުން. ނުވަތަ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތް ވަކީލުން މަސައްކަތްކުރާ ލޯފާމެއް ކަމުގައިވުން.

މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު)
  2. ކަރިކިއުލަމް ވިޓާ (ސީވީ)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  4. ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ
  5. ލޯފާމެއްނަމަ މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކުގެ އިތުރުން ލޯފާމުގެ ރަޖިސްޓަރީގެ/ހުއްދައިގެ ކޮޕީ

ނޯޓް:

މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނީ، ހުށަހަޅާ އަގު، ތަޢުލީމީ ސެޓުފިކެޓުތަކާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް މަސައްކަތް ހަވާލުކުރާ އުސޫލަކުންނެވެ. މި މަސައްކަތް ކޮށްދިނުމަށް އެދި، ވަކި ފަރުދުންނަށާއި، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠު ހަމަވާ ވަކީލުން މަސައްކަތްކުރައްވާ ލޯފާމްތަކަށް ހުށަހެޅުއްވިދާނެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

1. މަސައްކަތުގެ އަގަށް: 50 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު x50) އަގު ކުޑަވި ވަރަކަށް ލިބޭ ޕޮއިންޓް ބޮޑުވާނެއެވެ.

2. ބިޑް ޑޮކިއުމަންޓްތައް ނިންމުމަށް ހުށަހަޅާ މުއްދަތު: 15 ޕޮއިންޓް: (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 15x) މަސައްކަތް ނިންމާނެ މުއްދަތު ކުރުނަމަ ލިބޭ ޕޮއިންޓް ގިނަވާނެއެވެ.

3. މަސައްކަތު ތަޖުރިބާ: ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބުނު ފަހުން ހިނގާފައިވާ ކޮންމެ އަހަރަކަށް 2 ޕޮއިންޓް (މިބަޔަށް ގިނަވެގެން ލިބޭނީ 35 ޕޮއިންޓެވެ.)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޑިސެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 10:00 ގެ ކުރިން އދ.ފެންފުށީ ކައުންސިލުގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680539 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680889 އެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

27 ޞަފަރު 1438

27 ނޮވެންބަރު 2016
ހޯދާ