ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ (ޗާންސެލަރ ބިއުރޯ)

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑިރެކްޓަރ (ޗާންސެލަރ ބިއުރޯ)

ބޭނުންވާ ޢަދަދު 1

މަޤާމުގެ މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2250 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ރޭންކް:

EX1-1

މަޤާމުގެ ޝަރުޠުތައް:

  • އަންނަނިވި ހުރިހާ ތަޢުލީމީ ފެންވަރެއް ހުރުމާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން އެނގުން:
  1. 8/7 ގެ ބެޗެލަރޒް ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި އުސޫލުތައް ތަރައްޤީކޮށް، ބޭނުންކުރަން އެނގުން ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 2 އަހަރުދުވަހުގެ ކަމާގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ
  2. ފުޅާ ދާއިރާއެއްގައި މެނޭޖްމަންޓުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ލެވެލް 9 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލުކުރުމަށްފަހު، ކަމާގުޅޭ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލުކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޗާންސެލަރާއި ވައިސް ޗާންސެލަރުގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި، ބިއުރޯގެ އެހެނިހެން ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • ޗާންސެލަރާއި ވައިސް ޗާންސެލަރ އެކި މުނާސަބަތުތަކާ ގުޅިގެން ދެއްވާ ތަޤްރީރުތަކާއި ޑޮކިއުމަންޓްތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އެފަދަ ލިޔުންތައް ތައްޔާރުކުރުން.
  • ޗާންސެލަރގެ ބިއުރޯއަށް ލިބޭ ސިޓީތައް ބަލައިގަނެ، އެ ސިޓީތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވައި، ޖަވާބުދާރީ ވާންޖެހޭ ސިޓީތަކަށް، ޗާންސެލަރާއި ވައިސް ޗާންސެލަރގެ އިރުޝާދުގެ ދަށުން ޖަވާބު ތައްޔާރުކޮށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  • ޗާންސެލަރ ބިއުރޯގެ އަހަރީ ރިޕޯޓާއި، އިދާރީގޮތުން ތައްޔާރުކުރަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ޑިޕާޓްމަންޓްތަކަށާއި އިދާރާތަކަށް ހުށަހެޅުން.
  • ޗާންސެލަރާއި ވައިސް ޗާންސެލަރ ބައިވެރިވެވަޑައިގަންނަވާ އެކިއެކި އިވެންޓްތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ މީޑިއާއަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަމަޖެއްސުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވުމުގެ އިތުރުން، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ނޯޓު:

  • ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 ޑިސެންބަރު 5 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް 3325488 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
24 ނޮވެންބަރު 2016
ހޯދާ