ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

ގެއެއް ކުއްޔަށް ހިފުން

މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި، ތިރީގައިވާ ޝަރުޠުތަކަށް ފެތޭ ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު: GS02/IUL/2016/2013 އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ހާޒިރުވެފައިވާތީ އެ އިޢުލާނު ބާޠިލުކޮށް، އެކަމަށް އަލުން އިޢުލާނުކުރީމެވެ.

  • 3 ކޮޓަރި ނުވަތަ 2 ކޮޓަރި (ކޮޓަރީގައި ފާޚާނާހުރި) ސިޓިންގރޫމާއި ބަދިގެ ހުރި
  • ގެއަށް ބޭނުންވާ ފަރުނީޗަރު
  • ގޭސް އުނދުން އަދި ހިފައިގެންގުޅޭ ތަކެތި ހަމައަށް ހުރި އެޕާޓްމެންޓެއް
  • ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުރުން

ވީމާ، 1 އަހަރުދުވަހުގެ މުއްދަތަށް މިފަދަ ގެއެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 11 ވާ އާދީއްތަދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެވާހަކަ ދެންނެވީމެވެ.

24 ނޮވެންބަރު 2016
ހޯދާ