ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

މުސާރަ:

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ބަޖެޓް އެންޑް ފައިނޭންސް، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 

ތަޢުލީމާއި ތަޖުރިބާ:

1. ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ފައިނޭންސް،   އެކައުންޓިންގ،   އެކައުންޓިންގ   އެންޑް   ބިޒްނަސް،   އޭ.ސީ.ސީ.އޭ،   އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް،  އެކައުންޓިންގ  ޓެކްނީޝަން  ނުވަތަ  މި  ދާއިރާތަކާ  ގުޅުންހުރި  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  5  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތު ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ  ލިބިފައިވުން. ނުވަތަ؛

3. ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން ނުވަތަ މިދާއިރާތަކާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  އެހެން  ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. މި އިދާރާއަށް ބަލައިގަންނަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނެ، ދުވަހުން ދުވަހަށް ބޭންކަށް ފައިސާ ޖަމާކުރުމާއި، ބޭންކް މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރަންޖެހޭ ފައިސާ މަހުންމަހަށް ޖަމާކޮށް، ޖަމާކުރި ފައިސާގެ ހިސާބުތަކާ ލިޔެކިއުންތައް ރަނގަޅަށް ބެލެހެއްޓުން.

2. އެކިފަރާތްތަކާ ހަވާލުކުރުމަށް ނަގަންޖެހޭ ފައިސާ ނަގައި، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އެކަމާގުޅޭ ހިސާބުތަކާ ލިޔެކިއުންތައް ރަނގަޅަށް ބެލެހެއްޓުން.

3. ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވަންޖެހޭ ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް، އެ ރިޕޯޓެއް ފޮނުވަންޖެހޭ އިދާރާއަކަށް ފޮނުވައި، ރިޕޯޓްތަކުގެ ކަންތައް ބެލެހެއްޓުން.

4. ލިބޭ ފައިސާއާއި ޚަރަދުކުރާ ފައިސާގެ ހިސާބުތައް ހަފުތާއަކު އެއްދުވަހު ޔުނިޓުގެ ވެރިޔާގެ އަރިހަށް ގެންގޮސް ޗެކްކުރުން.

5. މަސައްކަތާ ގުޅޭ ކަންކަމުގައި ލިޔަންޖެހޭ ސިޓީއާއި، މެސެޖާއި، ރިޕޯޓް ފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.

6. ބޭންކް އެކައުންޓުން ނަގަންޖެހޭ ފައިސާ ނެގުމާއި، އެ އެކައުންޓުގެ ހިސާބުތައް ބެލެހެއްޓުމާއި، އަތޮޅު ކައުންސިލަށް އާމްދަނީގެގޮތުގައި ލިބޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުން.

7. މި އިދާރާއިން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިއުމާއި، އެކަމާބެހޭ ހިސާބުތަކާ ލިޔެކިއުންތައް ބެލެހެއްޓުން.

8. މި އިދާރާގެ ތިޖޫރީއަށް ލާންޖެހޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރީއަށް ލުމާއި، ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި، ޗެކްފޮތާއި، ކައުންޓަރ ފޮއިލްތައް ބެލެހެއްޓުން.

9. ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީއާއި، އެނޫންވެސް ބަލަހައްޓަންޖެހޭ ރަޖިސްޓްރީތައް ފުރިހަމަކޮށް ބެލެހެއްޓުން.

10. އެސިސްޓެންޓް ފައިނޭންސް އޮފިސަރ ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނައިރު، އެ މުވައްޒަފުގެ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.

11. ބަޖެޓާނުބެހޭ ބައިން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމާއި، މި އިދާރާއިން ކުރަމުންގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

12. ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016  ނޮވެންބަރު  23  ވަނަ  ދުވަހުގެ  13.00  ގެ  ކުރިން،  'ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ ފޯމު' ފުރިހަމަކުރުމަށްފަހު، މި އިދާރާއަށް ހުށަހެޅުން.

އިންޓަވިއުއާއި، ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނީ، 24 ނޮވެންބަރު 2016 އާއި 27 ނޮވެންބަރު 2016 އާ ދެމެދު، ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ދަތުރު އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ  ވަޒީފާއަށް  އެދޭ  ފޯމާއި،  ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދި  ހުށަހަޅާ  ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.faaf.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)  

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާފައިވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ،  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެހެނިހެން ކަންތައްތައް

- މި މަޤާމަށް ކުރިމަތިލާ މީހުންނަކީ، އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ  6740017 ނަންބަރު ފޯނަށް، ނުވަތަ 6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740019 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

10 ޞަފަރު 1438

10 ނޮވެންބަރު 2016
ހޯދާ