މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ހޯދުމާބެހޭ

އިޢުލާން

2017 ވަނަ އަހަރު މި ސްކޫލުގައި ބޭނުންކުރާ ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ހޯދުމާބެހޭ

މި ސްކޫލުގެ ނަންބަރު GS69/BUDGET/2016/10 (13 އޮކްޓޫބަރު 2016) ގައި ކުރެވުނު އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

2017 ވަނަ އަހަރުން ފެށިގެން މި ސްކޫލުގައި ބޭނުންކުރުމަށް ފާސްކުރި ސްކޫލުގެ އައު ޔުނީފޯމުގެ ފޮތި ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

21 ނޮވެންބަރު 2016

ހޯމަ

11:00

އަންދާސީހިސާބު ހުށަހެޅުން

23 ނޮވެންބަރު 2016

 ބުދަ

11:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

10 ނޮވެންބަރު 2016
ހޯދާ