ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް 2016

އިޢުލާން

2016 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ދޮރު މިހާރު ވަނީ ހުޅުވައިލައިފައެވެ. 2015 ވަނަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް މި ދެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، އަތުން ނޫނީ ކޮމްޕިއުޓަރުން ލިޔެގެން އެކެޑަމީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހަޅާ ގޮތަށެވެ.

  • މި ދެ މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ ހަތަރު ބަޔަށެވެ.
  1. އިސްކޫލުތަކުގެ ބައި
  2. މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ / ކޮލެޖުތަކުގެ ބައި)
  3. އޮފީސް /ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި
  4. އަމިއްލަފަރާތްތަކުގެ ބައި

1- މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތް

  މުބާރާތުގައި މަޒުމޫނު ލިޔާނީ، މި އެކެޑަމީން ކަނޑައަޅައިފައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކަށް އެ ބައިވެރިއަކު ބޭނުން މައުޟޫޢެއްގެ މައްޗަށެވެ.

އެ ދާއިރާތަކަކީ:

13 އަހަރުން ދަށުގެ އުމުރުފުރާ

1- ބަހާއި އަދަބިއްޔާތު

2- މިނިވަންކަމާއި ޤައުމިއްޔަތު

3- ތާރީޚާއި ސަޤާފަތް

13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

1- ބަހާއި އަދަބިއްޔާތު

2- މިނިވަންކަމާއި ޤައުމިއްޔަތު

3- ތާރީޚާއި ސަޤާފަތް

4- ސައިންސާއި ޓެކްނޮލޮޖީ

16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ

1- ބަހާއި އަދަބިއްޔާތު

2- މިނިވަންކަމާއި ޤައުމިއްޔަތު

3- ތާރީޚާއި ސަޤާފަތް

4- އިޤްތިޞާދާއި ވިޔަފާރި

18 އަހަރުން ދަށުގެ އުމުރުފުރާ

1- ބަހާއި އަދަބިއްޔާތު

2- މިނިވަންކަމާއި ޤައުމިއްޔަތު

3- ތާރީޚާއި ސަޤާފަތް

4- ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތައް

18 އަހަރުން މަތީގެ އުމުރުފުރާ

1- މިނިވަންކަމާއި ޤައުމިއްޔަތު

2- އިޤްތިޞާދާއި ވިޔަފާރި

3- ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތައް

4- ބަހާއި އަދަބިއްޔާތު

މަތީ ތަޢުލީމުގެ ބައި

1- މިނިވަންކަމާއި ޤައުމިއްޔަތު

2- އިޤްތިޞާދާއި ވިޔަފާރި

3- ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތައް

4- ބަހާއި އަދަބިއްޔާތު

އޮފީސް/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

1- މިނިވަންކަމާއި ޤައުމިއްޔަތު

2- އިޤްތިޞާދާއި ވިޔަފާރި

3- ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތައް

4- ބަހާއި އަދަބިއްޔާތު

(1) މަޒުމޫނު ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނީ 3 އުމުރުފުރައެއްގައެވެ. އެއީ:

  (ހ) 13 އަހަރުން ދަށުގެ އުމުރުފުރާ

  (ށ) 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

  (ނ) 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ

(2) މަޒުމޫނު ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:

  (ހ) 18 އަހަރުން ދަށުގެ އުމުރުފުރާ

  (ށ) 18 އަހަރުން މަތީގެ އުމުރުފުރާ

2- ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް

  ކުރުވާހަކަ ލިޔާނީ އެ ބައިވެރިއަކު އިޚުތިޔާރުކުރާ ހާދިސާއެއްގެ މައްޗަށެވެ. ވާހަކައަށް ނަމެއް ދޭންވާނެއެވެ.

  (1) ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އިސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:

     (ހ) 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

     (ށ) 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ

  (2) ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރައެއްގައެވެ. އެއީ:

     (ހ) 18 އަހަރުން ދަށުގެ އުމުރުފުރާ

     (ށ) 18 އަހަރުން މަތީގެ އުމުރުފުރާ

މި ދެ މުބާރާތުގައި ބައިވެރިވުން

(1) މި ދެ މުބާރާތުންކުރެ ކޮންމެ މުބާރާތެއްގައި ވެސް އިސްކޫލުތަކުގެ ބައިގައި ބައިވެރިވެވޭނީ ކޮންމެ އުމުރުފުރައެއްގައި 7 ދަރިވަރުންނަށެވެ. މަދުވެގެން 5 ދަރިވަރުން ބައިވެރިވާންވާނެއެވެ.

(2) ކޮލެޖް/ ޔުނިވަރސިޓީތަކާއި، ކުލަބް/ ޖަމުޢިއްޔާ/ ޖަމާޢަތްތަކާއި ކުންފުނިތަކާއި އޮފީސްތަކުން މި ދެ މުބާރާތުންކުރެ ކޮންމެ މުބާރާތެއްގައިވެސް ބައިވެރިވެވޭނީ 5 ބައިވެރިންނަށެވެ. މަދުވެގެން 3 ބައިވެރިން، ބައިވެރިވާންވާނެއެވެ.    

(3) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ވާހަކައާއި މަޒުމޫނު ހުށަހަޅަންވާނެއެވެ. ފޯމު ހުށަހަޅާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ނުވަތަ ޑްރައިވިންގ ލައިސަންސުގެ ނަކަލު ހުށަހަޅަންވާނެއެވެ.

(4) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި ވާހަކައާއި މަޒުމޫނު ހުށަހަޅާނެގޮތް

   (ހ) ކަރުދާހުން ހުށަހަޅާނަމަ، ހުށަހަޅާނީ ދިވެހިބަހުގެ އެކެޑަމީގެ ކައުންޓަރަށެވެ.

   (ށ) އޮންލައިންކޮށް ހުށަހަޅާނަމަ، މަޒުމޫނު ހުށަހަޅާނީ [email protected] އަށެވެ. އަދި ކުރުވާހަކަ ހުށަހަޅާނީ [email protected] އަށެވެ.

މުބާރާތަށް ތަކެތި ހުށަހެޅުމުގެ ސުންގަޑި

(1) ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި، މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 13:30 އެވެ.

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި، ގަވާއިދާއި، މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން މި އެކެޑަމީގެ ނަންބަރު 3330586 ނުވަތަ 3345285 ނުވަތަ 7772816 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016
ހޯދާ