އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޞިނާޢީ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން

އިޢުލާން

2017 ޖަނަވަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ޞިނާޢީ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ކ. ތިލަފުށި

ސެކްޓަރ 3ގެ

ޕްލޮޓް ނަންބަރު S3041

(M9)

މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ތިލަފުށި -1

V01.1.1

1

ހުޅުލެ

 އެއަރޕޯޓް ރިކްރިއޭޝަން

ސެންޓަރ (އޭ.އާރް.ސީ)

މި ފޮށްޓަށް ވޯޓުލާނީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުލެ-1

V02.1.1

2

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް

ލިމިޓެޑްގެ ކޯލްޑްސްޓޯރު

ސަރަޙައްދު

(ގއ. ކޫއްޑޫ)

މި ފޮށްޓަށް ވޯޓުލާނީ ކޫއްޑޫގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ކޫއްޑޫ- 1

V03.1.1

3

ފެލިވަރު ފިޝަރީޒް މޯލްޑިވްސް

ލިމިޓެޑްގެ އެކުވެނި

(ޅ. ފެލިވަރު)

މި ފޮށްޓަށް ވޯޓުލާނީ ފެލިވަރުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ފެލިވަރު - 1

V04.1.1

4

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ޞިނާޢީ މަސައްކަތްކުރާ ރަށްރަށުގެ ތެރެއިން އެ ރަށެއްގައި ވޯޓުފޮށި ބަހައްޓާނީ، އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރަށެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާނަމައެވެ. އެހެންކަމުން، މި އިޢުލާންގައިވާ ޞިނާޢީ މަސައްކަތްކުރާ ރަށެއްގައި 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރަށެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލުކޮށް، އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަންވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ