ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން:

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ 3 މަޤާމަކަށް މީހުން ބޭނުންވެގެން ކުރި މި އިދާރައިގެ ނަންބަރު: (IUL)391-FI/391/2016/4(16 އޮގަސްޓު 2016) އިޢުލާން ބާޠިލުކޮށް، މި އިދާރާގެ ތިރީގައިވާ 3 މަޤާމަށް މީހުން ބޭނުންވާކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލި ވާހަކަ އާންމުކޮށް އަންގައި ޢިޢުލާނުކުރީމެވެ.

ޕްރޮޖެކްޓް އޮފިސަރ، ފައިނޭންސް އޮފިސަރ، ޕްލޭނިންގ އޮފިސަރ

އެމް.އެސް 1

މަޤާމުތައް:

ރޭންކް:

ސީނިއަރ އޮފިސަރ ގްރޭޑް 1/ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

ތިމަރަފުށީ ކައުންސިލުގެ އިދާރާ

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް/ ފައިނޭންސް އޮފިސަރ (ކޯޕަރޭޓް އެފެއާޒް)

އޮފީސް / އިދާރާ

ސެކްޝަން

ތިމަރަފުށީ ކައުންސިލުގެ އިދާރާ

މަހަކު -/5،610 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

މަހަކު -/2،000 ރުފިޔާ

ސަރވިސް އެލަވަންސް:

ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިރީގައި މިދަންނަވާ ޢިނާޔަތްތައް ލިބޭނެއެވެ.

- އިތުރުގަޑީގެ ފައިސާ

- ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ

އެހެނިހެން ޢިނާޔަތްތައް: 

 

 

ކޮންމެ މަޤާމަކަށް 1

ބޭނުންވާ އަދަދު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް: (ތަޢުލީމާއި ތަޖުރިބާ)

 

 

 

 

 

ޕްރޮޖެކްޓް މެނޭޖްމެންޓް، ސިވިލް އިންޖިނިއަރިންގ، އާކިޓެކްޗަރ، ސޯޝަލް ސައިންސް، ޕަބްލިކް ހެލްތް، ކޮމިއުޓީ ޑިވެލޮޕްމެންޓް.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ (ޕްރޮޖެކްޓް އޮފިސަރ)

1. ރަށު ކައުންސިލަށް ބޭނުންވާ ޕްރޮޖެކްޓްތައް ހެދުމަށް، ބޭނުންވާ އެންމެހައި މަޢުލޫމާތުތައް އެއްކޮށް ޕްރޮޖެކްޓްތައް ހަދައި، ކައުންސިލަށް ހުށަހެޅުން.

2. ސަރުކާރުގެ ފަރާތުން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ބަލައި މޮނީޓަރކޮށް ގަވާއިދުން ހުށަހަޅަންޖެހޭ ތާރީޚުތަކަށް ރިޕޯޓްތައް ތައްޔާރުކޮށް ހުށަހެޅުން.

3. ރަށުގެ ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، ވިޔަފާރިއާއި އިންޑަސްޓްރިއަލް މަސައްކަތާއި، އެއްގަމާ ކަނޑު އުޅަނދުފަހަރާއި، މަގުމަތީ ޓްރެފިކާއި، އާމްދަނީ ހޯދުމަށް ކުރާ އެންމެހައި މަސައްކަތްތަކާއި، ކުނި އުފެދޭގޮތާއި، ކުނިނައްތާލެވޭ ގޮތާއި، ކުޅިވަރާއި ކުޅިވަރު ކުޅޭ ތަންތަނާ ބެހޭ އެންމެހައި މަޢުލޫމާތު އެއްކޮށް، މިފަދަ މަޢުލޫމާތުތައް ހިމެނޭ ޑާޓާ ބޭހެއް ތައްޔާރުކޮށް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

4. ރަށުގެ ލޭންޑް ސްކޭޕް ޕްލޭންކޮށް ޑިޒައިންކޮށް ތައްޔާރުކުރުން.

5. ހިއުމަން ރިސޯސް ޕްލޭންކުރުމާއި ރަށުގެ ބިޒްނަސް ޕްލޭން ހެދުމުގައި ކައުންސިލަށް ބޭނުންވާ ލަފާދިނުން.

6. އެކި ކަންކަމުގެ ކައުންސިލަށް ބޭނުންވާ ތަފާސްހިސާބުތަކުގެ ރިޕޯޓުތައް ހަދައި ހުށަހެޅުން.

7. މީހުން ދިރިއުޅުމާއި، އެހެން ބޭނުންތަކަށް ރަށުގައި ބުރިބުރިއަށް ޢިމާރާތްކުރެވޭ ތަންތަނުގެ ފެންވަރު ބަލައި މޮނީޓަރކުރުން.

8. ރަށު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތަކާއި، ތަންތަނާއި، ބަނދަރާއި ޕަބްލިކް ޕާކް ފަދަ ތަންތަން މަރާމާތުކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަދައި ކައުންސިލަށް ހުށަހެޅުން. (މެއިންޓެނަންސް ޕްރޮޖެކްޓް)

9. ދިމާވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުން ލިބޭ ގެއްލުމުގެ ތަފުސީލު ރިޕޯޓް ހަދައި ކައުންސިލަށް ހުށަހެޅުން.

މަޤާމުގެ މަސްއޫލިއްޔަތު (ޕްރޮޖެކްޓް އޮފިސަރ)

ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމެންޓް، ކޮމްޕިއުޓިންގގެ ދާއިރާތައް، ކޮމިއުނިކޭޝަން، ހިއުމަންރިސޯސް

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާ (ޕްލޭނިންގއޮފިސަރ)

  1. ކައުންސިލުގެ ބައްދަލުވުންތައް ރާވައި އިންތިޒާމު ކުރުމާއި ކައުންސިލުގެ ބިއުރޯގައި ކުރަންޖެހޭ މަސައްކަތް ކުރުން، މިގޮތުން ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފުރިހަމަކޮށް ބެލެހެއްޓުން.
  2. ކައުންސިލުގެ ޕްލޭން ތައްޔާރުކުރުމުގައި ސެކްޝަންގެ ވެރިޔާގެ ލަފާގެ ދަށުން ލިޔަންޖެހޭ ލިޔުންތައް ލިޔުން، މިގޮތުން ކައުންސިލުން ނިންމަވާ ގޮތުގެމަތިން ކައުންސިލުގެ ލޯންގްޓަރމް ޕްލޭން ހެދުމާއި، އަހަރަކު 1 ފަހަރު ކައުންސިލުގެ އެކްޝަންޕްލޭން ހެދުން. އަދި އަހަރުގެ މެދުން ޕްލޭން ރިވިޔު ކުރުން.
  3. އަހަރަކު އެއްފަހަރު ރަށުގެ ބިމާބެހޭ ބަޖެޓް ޕްލޭންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ރަށުގެ ޗާޓަށް އަންނަ ބަދަލު ދުވަހުން ދުވަހަށް އަޕްޓޭޓްކޮށް ކުރަހައި ސޮފްޓް ކޮޕީއާއި ހާޑްކޮޕީ ބެލެހެއްޓުން.
  5. އޭ.ސެކްޝަނުން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އޮންލައިންކޮށް ހެއްދުމުގެ މަސައްކަތް ކުރުން.
  7. ބިމާބެހޭ މަސައްކަތް ހިންގާ ސެކްޝަނުގެ މުވައްޒަފަކު ނެތް ދުވަހެއް ނަމަ، އެ މުވައްޒަފުގެ ބަދަލުގައި ބިމާބެހޭ މަސައްކަތްކުރުން. މިގޮތުން ބިންބިމުގެ ރަޖިސްޓަރީ ހެއްދުމާއި، ބިމާބެހޭ އެއްބަސްވުންތައް ތައްޔާރުކުރުމާއި، ބިންބިމާއި ގޯތިގެދޮރާ ބެހޭގޮތުން ސެކްޝަނަށް ލިބިފައިވާ ސިޓީ/މެސެޖުގެ ޖަވާބު ފޮނުވުން.
  8. ކައުންސިލުގެ އިދާރާއިން އެކުލަވާލާ ކައުންސިލުގެ އެތެރޭގެ ކޮމިޓީތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި މަސައްކަތް ކުރުމާއި، ބައްދަލުވުންތަކަށް ހާޒިރުވުން.
  9. ދައުރުވާ ގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  10. މީގެ އިތުރުންވެސް ކައުންސިލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

މަޤާމުގެ މަސްއޫލިއްޔަތު (ޕްލޭނިންގ އޮފިސަރ)

ފައިނޭންސް، އެޕްލައިޑް އެކައުންޓިންގ، ބިޒްނަސް، އޭ.ސީ.ސީ.އޭ، އިކޮނޮމިކްސް، ކޮމްޕިއުޓިން، ސްޓެޓިސްޓިކްސް

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ (ފައިނޭންސް އޮފިސަރ)
  1. ފައިސާއާބެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.
  2. ބަޖެޓު ތައްޔާރުކުރުމާއި ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ދުރާލައި އެއްކޮށް ބަޖެޓް ތައްޔާރުކޮށް ފޮނުވުން.
  3. ކައުންސިލަށް ދުވަހުން ދުވަހަށް ލިބޭ ފައިސާއާއި ޚަރަދުވާ ފައިސާގެ ހިސާބު ބެލެހެއްޓުން.
  4. ކައުންސިލުގެ އިދާރާއަށާއި ރައްޔިތުންގެ ތަންތަނަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.
  5. ބަޖެޓް ކޮންޓްރޯލް ކުރުމާއި، ބަޖެޓް ބާކީ ބެލެހެއްޓުމާއި، ވައުޗަރ ރަޖިސްޓަރީއާއި ޗެކް ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން.
  6. ކައުންސިލުގެ އިދާރާއަށް ބަލައިގަންނަ ފައިސާގެ ރަޖިސްޓަރީ ބެލެހެއްޓުން. އަދި ފައިސާ ދައްކާ ތަންތަނާއި ނުދައްކާ ތަންތަނުގެ ރިޕޯޓު މަހަކު އެއްފަހަރު ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން.
  7. ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ކުލި، އެގްރީމެންޓުގައިވާގޮތަށް ނަގަމުން ގެންދިއުމާއި، މަހަކު އެއްފަހަރު ރިޕޯޓު ތައްޔާރުކުރުން.
  8. ފައިސާއާބެހޭ ލިޔުންތައްފައިލްކޮށް ބެލެހެއްޓުން.
  9. ކައުންސިލުގެ އިދާރާއިން ހިންގާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވެ މަސައްކަތްކުރުމާއި، އިވެލުއޭޝަން ކޮމިޓީގެ އިދާރީ މަސައްކަތްކުރުން.
  10. ދައުރުވާ ގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  11. ރަށުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒް ކުރުން.
  12. މީގެއިތުރުންވެސް ކައުންސިލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު (ފައިނޭންސް  އޮފިސަރ)

ވަޒީފާއަށް ޝަރުޠު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ % 11)

ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %38)

މަސައްކަތު ތަޖުރިބާ  (ކަނޑައެޅިފައިވާ އިންސައްތަ %8)

އިންޓަރވިއު އަދި ޕްރެސެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ %43)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ފުރިހަމަކޮށްފައިވާ، އެޕްލިކޭޝަން ފޯމު (ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) (އެޕްލިކޭޝަން ފޯމު www.csc.gov.mv) އަދި ތިމަރަފުށީ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތް ކޮޕީ).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  6. ވަޒީފާއަށް އެދި ހުށަހެޅުއްވި ލިޔުންތަކުގެ ލިސްޓު
ހުށަހަޅަންޖެހޭ ލިޔުންތައް:
2016 އޮކްޓޫބަރު 4 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިމަރަފުށީ ކައުންސިލުގެ އިދާރާއަށް  އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
ޝޯޓްލިސްޓު ކުރުމާއި މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2016 އޮކްޓޫބަރު 5 އާއި 2016 އޮކްޓޫބަރު 20 އާ ދެމެދުގައި ތިމަރަފުށީ ކައުންސިލުގެ އިދާރާގައި އޮންނާނެއެވެ. ޝޯޓްލިސްޓު ކުރުމާއި        އިންޓަރވިއުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6780702 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

27 ޛުލްޤަޢިދާ 1437
 
 
30 އޮގަސްޓް 2016
ހޯދާ