ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް:ޖީ އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އޮފީސް

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

ޑިވިޝަން / ސެކްޝަން

އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރސަނަލް ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 2. މުވައްޒަފުންގެ ޗުއްޓީއާއި ސަލާމުގެ ރެކޯޑުތައް ބެލެހެއްޓުން.
 3. މުވައްޒަފުންގެ ހާޒިރީ ރިޕޯޓު ތައްޔާރުކޮށް، މަހުންމަހަށް ބަޖެޓަށް ހުށަހެޅުން.
 4. ބިދޭސީ މުވައްޒަފުންގެ ވިސާއާއި ވާރކްޕާރމިޓުގެ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސުން.
 5. ޞިއްޙީމަރުކަޒުގައި މަސައްކަތްކުރައްވާ ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ގަވާއިދުން ބަލަމުން ގެންދިއުން.
 6. ބިދޭސީ މުވައްޒަފުންގެ ކޮންޓްރެޓް އަދި ޗުއްޓީއާބެހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލެއްގެމަތިން ކުރުމާއި ރެކޯޑުތައް ބެލެހެއްޓުން.
 7. އަޕްޑޭޓް ކުރަންޖެހޭ ރަޖިސްޓަރީތައް (މުވައްޒަފުންގެ ރަޖިސްޓަރީ ފަދަ ރަޖިސްޓަރީތައް) އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ދިނުން.
 8. އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ކަސްޓަމަރުންނަށް ސަރވިސް ދިނުމުގައި، އަދި މުޢާމަލާތް ކުރުމުގައި މަޑުމައިތިރިކަމާއެކު އެމީހުންގެ ބޭނުންތަކަށް މަގުފަހިކޮށްދިނުން.
 9. މަރުކަޒުގެ ފަރާތުން ފޮނުވާ ސިޓީ މެމޯ ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 10. ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް އަދި މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، ހުރިހާ ސެކްޝަނަކުންވެސް ގަވާއިދުން ފޮނުވަމުން ގެންދޭތޯ ބަލައި އެކަމަށް ބާރުއެޅުން.
 11. އެކިއެކި ރިޕޯޓުތައް ތައްޔާރު ކުރުމުގައި އެވަގުތަކު މަރުކަޒު ހިންގެވުމާ ހަވާލުވެހުންނެވި ފަރާތަކަށް އެހީތެރިކަންދިނުން.
 12. އޮފީހުގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
 13. އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި، ވަގުތުން ވަގުތަށް ކަމާބެހޭ ބޭފުޅުންނަށް މަޢުލޫމާތު އެރުވުން.
 14. މަރުކަޒުގައި ބާއްވަވާ ބައްދަލުވުންތަކާއި އަދި އެހެނިހެން މީޓިންގތައް ހަމަޖެއްސުން.
 15. މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ހަވާލުވެހުންނެވި ވެރިޔަކު އަންގަވާ ގޮތެއްގެ މަތީން ކުރުން.
 16. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެންމެހައި ކަންތައްތައް ތަރައްޤީ ކުރުމާއި، ރޭވުމާއި، ހިންގުމާއި، ބެލެހެއްޓުމުގެ އިތުރުން އެހީތެރިވެދިނުން.
 17. އޮފީސް ހުޅުވައި ލައްޕަންޖެހޭ ޙާލަތްތަކުގައި އެކަންކުރުން.
 18. މަރުކަޒަށް ޒިޔާރަތްކުރައްވާ އެކިއެކި ޓީމުތަކުގެ ކަންތައްތައް ބެލެހެއްޓުން.
 19. މިނޫނަސް މަރުކަޒުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް

 1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަންސް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަންސް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 1. ތަޢުލީމާއި ތަމްރީނު
 2. މަސައްކަތުގެ ތަޖުރިބާ
 3. އިންޓަރވިއު
 4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

އުޖޫރައާއި ޢިނާޔަތްތައް

 1. އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.
 2. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގެ އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 4. ލިބިފައިވާ ތަޖުރިބާ ދަލީލިކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުން)
 5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ސީވީ.

މިމަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 2016 ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަންނާނީ ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގެ އޮފީހުންނެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަރވިއު ކުރެވޭނީ ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގައެވެ. އިންޓަރވިއު އޮންނާނީ މި އިޢުލާނަށް މުއްދަތު ހަމަވާ ތާރިޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ. އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލުމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6620216 އެވެ. ވަޒީފާއަށް އެދޭ ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގެ އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

28 އޮގަސްޓް 2016
ހޯދާ