މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

އިޢުލާން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލު އޮފީހުގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތި ނީލަން ކިޔުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލު އޮފީހުގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތި މިއިދާރާގެ ބެލުމުގެ ދަށުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މާފުށީ ޖަލު ސަރަހައްދުގައި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ އެންމެހާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި ނީލަމުގައި ބައިވެރިވުމުގެ ކުރިން ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 9:00 އިން 11:00 އަށް، އަދި 14:00 އިން 16:00 އަށް މާފުށީ ޖަލުސަރަޙައްދަށް ހާޒިރުވެދެއްވުން އެދެމެވެ.

މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓު އެޓޭޗް ކުރެވިފައި އެވަނީއެވެ.

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016
ހޯދާ