ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން:

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ ތިރީގައިމިވާ 3 މަޤާމަށް މީހުން ބޭނުންވެއްޖެއެވެ. ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިވާހަކަ ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

ޕްރޮޖެކްޓް އޮފިސަރ، ފައިނޭންސް އޮފިސަރ، ޕްލޭނިންގ އޮފިސަރ

އެމް.އެސް 1

   މަޤާމު:

   ރޭންކް:

ސީނިއަރ އޮފިސަރ ގްރޭޑް 1/ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

   ކްލެސިފިކޭޝަން

ތިމަރަފުށީ ކައުންސިލުގެ އިދާރާ

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް/ ފައިނޭންސް އޮފިސަރ (ކޯޕަރޭޓް އެފެއާޒް)

   އޮފީސް / އިދާރާ

   ސެކްޝަން

ތިމަރަފުށީ ކައުންސިލުގެ އިދާރާ

މަހަކު -/5610 ރުފިޔާ

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 މުސާރަ:

މަހަކު -/2,000 ރުފިޔާ

 ސަރވިސް އެލެވަންސް:

ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިރީގައި މިދަންނަވާ އިނާޔަތްތައް ލިބޭނެއެވެ.

- އިތުރުގަޑީގެ ފައިސާ

- ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ

 އެހެނިހެން އިނާޔަތްތައް:

 

ކޮންމެ މަޤާމަކަށް 1 

ބޭނުންވާ އަދަދު: 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުތުތައް: (ތަޢުލީމާއި ތަޖުރިބާ)

 

 

 

  1. ރަށު ކައުންސިލަށް ބޭނުންވާ ޕްރޮޖެކްޓްތައް ހެދުމަށް، ބޭނުންވާ އެންމެހައި މަޢުލޫމާތުތައް އެއްކޮށް ޕްރޮޖެކްޓްތައް ހަދައި، ކައުންސިލަށް ހުށަހެޅުން.
  2. ސަރުކާރުގެ ފަރާތުން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ބަލައި މޮނިޓަރކޮށް ގަވާއިދުން ހުށަހަޅަންޖެހޭ ތާރީޚުތަކަށް ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުން.
  3. ރަށުގެ ފެނާއި، ކަރަންޓާއި، ނަރުދަމާއާއި، ވިޔަފާރިއާއި އިންޑަސްޓްރިއަލް މަސައްކަތާއި، އެއްގަމާއި ކަނޑު އުޅަނދުފަހަރާއި، މަގުމަތީގެ ޓްރެފިކާއި، އާމްދަނީ ހޯދުމަށް ކުރާ އެންމެހައި މަސައްކަތްތަކާއި، ކުނި އުފެދޭގޮތާއި އަދި ކުނި ނައްތާލެވޭ ގޮތާއި، ކުޅިވަރާއި ކުޅިވަރު ކުޅޭ ތަންތަނާބެހޭ އެންމެހައި މަޢުލޫމާތު އެއްކޮށް، މިފަދަ މަޢުލޫމާތުތައް ހިމެނޭ ޑާޓާބޭސްއެއް ތައްޔާރުކޮށް ގަވާއިދުން އަޕްޓްޑޭޓްކޮށް ބެލެހެއްޓުން.
  4. ރަށުގެ ލޭންޑް ސްކޭޕް ޕްލޭންކޮށް ޑިޒައިންކޮށް ތައްޔާރުކުރުން.
  5. ހިއުމަން ރިސޯސް ޕްލޭން ކުރުމާއި، ރަށުގެ ބިޒްނަސް ޕްލޭން ހެދުމުގައި ކައުންސިލަށް ބޭނުންވާ ލަފާ ދިނުން.
  6. އެކި ކަންކަމުގެ ކައުންސިލަށް ބޭނުންވާ ތަފާސްހިސާބުތަކުގެ ރިޕޯޓުތައް ހަދައި ހުށަހެޅުން.
  7. މީހުން ދިރިއުޅުމާއި، އަދި އެހެން ބޭނުންތަކަށް ރަށުގައި ބުރިބުރިއަށް އިމާރާތްކުރެވޭ ތަންތަނުގެ ފެންވަރު ބަލައި މޮނިޓަރ ކުރުން.
  8. ރަށުކައުންސިލުގެ ބެލުމުގެ ދަށުގައިވާ އެންމެހައި އިމާރާތްތަކާއި، ތަންތަނާއި، ބަނދަރާއި ޕަބްލިކް ޕާކް ފަދަ ތަންތަން މަރާމާތު ކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަދައި ކައުންސިލަށް ހުށަހެޅުން. (މެއިންޓެނަންސް ޕްރޮޖެކްޓް)
  9. ދިމާވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުން ލިބޭ ގެއްލުމުގެ ތަފުސީލުރިޕޯޓް ހަދައި، ކައުންސިލަށް ހުށަހެޅުން.
މަޤާމުގެ މަސްއޫލިއްޔަތު (ޕްރޮޖެކްޓް އޮފިސަރ) 
  1. ކައުންސިލުގެ ބައްދަލުވުންތައް ރާވައި އިންތިޒާމު ކުރުމާއި، ކައުންސިލުގެ ބިއުރޯގައި ކުރަންޖެހޭ މަސައްކަތް ކުރުން، މިގޮތުން ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފުރިހަމަކޮށް ބެލެހެއްޓުން.
  2. ކައުންސިލުގެ ޕްލޭން ތައްޔާރުކުރުމުގައި ސެކްޝަންގެ ވެރިޔާގެ ލަފާގެ ދަށުން ލިޔަންޖެހޭ ލިޔުންތައް ލިޔުން، މިގޮތުން ކައުންސިލުން ނިންމަވާ ގޮތުގެމަތިން ކައުންސިލުގެ ލޯންގްޓަރމް ޕްލޭން ހެދުމާއި،  އަހަރަކު 1 ފަހަރު ކައުންސިލުގެ އެކްޝަންޕްލޭން ހެދުން. އަދި އަހަރުގެ މެދުތެރޭގައި ޕްލޭން ރިވިޔު ކުރުން.
  3. އަހަރަކު އެއްފަހަރު ރަށުގެ ބިމާބެހޭ ބަޖެޓް ޕްލޭންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ރަށުގެ ޗާޓަށް އަންނަ ބަދަލު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ކުރަހައި ސޮފްޓް ކޮޕީއާއި ހާޑްކޮޕީ ބެލެހެއްޓުން.
  5. އޭ.ސެކްޝަނުން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓުތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އޮންލައިންކޮށް ހެއްދުމުގެ މަސައްކަތް ކުރުން.
  7. ބިމާބެހޭ މަސައްކަތް ހިންގާ ސެކްޝަނުގެ މުވައްޒަފަކު ނެތް ދުވަހެއްނަމަ އެ މުވައްޒަފުގެ ބަދަލުގައި ބިމާބެހޭ މަސައްކަތްކުރުން. މިގޮތުން ބިންބިމުގެ ރަޖިސްޓަރީ ހެއްދުމާއި، ބިމާބެހޭ އެއްބަސްވުންތައް ތައްޔާރުކުރުމާއި، ބިންބިމާއި ގޯތިގެދޮރާ ބެހޭގޮތުން ސެކްޝަނަށް ލިބިފައިވާ ސިޓީ/މެސެޖުގެ ޖަވާބު ފޮނުވުން.
  8. ކައުންސިލުގެ އިދާރާއިން އެކުލަވާލާ ކައުންސިލުގެ އެތެރޭގެ ކޮމިޓީތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި މަސައްކަތް ކުރުމާއި، ބައްދަލުވުންތަކަށް ހާޒިރުވުން.
  9. ދައުރުވާ ގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  10. މީގެ އިތުރުންވެސް ކައުންސިލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
މަޤާމުގެ މަސްއޫލިއްޔަތު (ޕްލޭނިންގ އޮފިސަރ)
  1. ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.
  2. ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ދުރާލައި އެއްކޮށް ބަޖެޓް ތައްޔާރުކޮށް ފޮނުވުން.
  3. ކައުންސިލަށް ދުވަހުން ދުވަހަށް ލިބޭ ފައިސާއާއި ޚަރަދުވާ ފައިސާގެ ހިސާބު ބެލެހެއްޓުން.
  4. ކައުންސިލުގެ އިދާރާއަށާއި ރައްޔިތުންގެ ތަންތަނަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.
  5. ބަޖެޓް ކޮންޓްރޯލް ކުރުމާއި، ބަޖެޓްބާކީ ބެލެހެއްޓުމާއި، ވައުޗަރ ރަޖިސްޓަރީއާއި ޗެކްރަޖިސްޓަރީ ލިޔެ ބެލެހެއްޓުން.
  6. ކައުންސިލުގެ އިދާރާއަށް ބަލައިގަންނަ ފައިސާގެ ރަޖިސްޓަރީ ބެލެހެއްޓުން. އަދި ފައިސާ ދައްކާ ތަންތަނާއި ނުދައްކާ ތަންތަނުގެ ރިޕޯޓު މަހަކު އެއްފަހަރު ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން.
  7. ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ކުލި އެގްރީމެންޓްގައިވާގޮތަށް ނަގަމުން ގެންދިއުމާއި، މަހަކު އެއްފަހަރު ރިޕޯޓު ތައްޔާރުކުރުން.
  8. ފައިސާއާބެހޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުވުން.
  9. ކައުންސިލުގ ެއިދާރާއިން ހިންގާ ޚައްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވެ މަސައްކަތްކުރުމާއި، އިވެލުއޭޝަންކޮމިޓީގެ އިދާރީ މަސައްކަތްކުރުން.
  10. ދައުރުވާ ގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
  11. ރަށުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒް ކުރުން.
  12. މީގެއިތުރުންވެސް ކައުންސިލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

މަޤާމުގެ މަސްއޫލިއްޔަތު (ފައިނޭންސް  އޮފިސަރ) 

_  ވަޒީފާއަށް ޝަރުޠު ހަމަވުން (% 11)

_  ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %38)

_  މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ %8)

_ އިންޓަރވިއު އަދި ޕްރެސެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ %43)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) (އެޕްލިކޭޝަން ފޯމު (www.csc.gov.mv) އަދި ތިމަރަފުށީ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތް ކޮޕީ).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  6. ވަޒީފާއަށް އެދި ހުށަހެޅުއްވި ލިޔުންތަކުގެ ލިސްޓު
ހުށަހަޅަންޖެހޭ ލިޔުންތައް:
2016 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިމަރަފުށީ ކައުންސިލުގެ އިދާރާއަށް 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު 18 ސެޕްޓެންބަރު 2016 އާއި 30 ސެޕްޓެންބަރު 2016 އާ ދެމެދު ތިމަރަފުށީ ކައުންސިލުގެ އިދާރާގައި އޮންނާނެއެވެ.

ޝޯޓްލިސްޓުކުރުމާއި އިންޓަރވިއު ކުރުން

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780702 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ