މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޝާއިޢުކުރާ ދީނީ ލިޔުންތައް ޝާއިޢު ކުރުމާބެހޭ

އިޢުލާން

ދިވެހިރާއްޖޭގައި ޝާއިޢުކުރާ ދީނީ ލިޔުންތައް ޝާއިޢު ކުރުމާބެހޭ

ދިވެހިރާއްޖޭގައި ޢާންމުކުރާ ނުވަތަ ޝާއިޢުކުރާ ނުވަތަ ޗާޕުކޮށް ނެރޭ ކީރިތި ޤުރުއާނުގެ ތަރުޖަމާ، ވަކިވަކި ސޫރަތްތަކުގެ މާނަ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގެ ތަރުޖަމާ އަދި ދީނީ އެކިއެކި ފޮތްތަކާއި ދީނީ މަޖައްލާތައް ޝާއިޢުކުރަންވާނީ، މި މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށް ފަހުގައެވެ. ޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު) އަށް ގެނެވުނު 01 ވަނަ އިޞްލާޙުގެ 02 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ދީނީ ނަސޭހަތްދީ، އަދި ދީނީފޮތް ޝާއިޢުކުރެވޭނީ މިނިސްޓްރީން ލިޔުމަކުން ހުއްދަ ލިބިގެން ކަމަށެވެ.

އަދި މިނިސްޓްރީން ފާސްކުރާ ދީނީ ލިޔުންތައް ޗާޕުކުރަންވާނީ މިނިސްޓްރީން ފާސްކުރުމަށްފަހު ދޫކުރާ ކާޑުގެ ނަންބަރު، ލިޔުމުގައި ހިމަނައިގެންނެވެ. ފާސްކުރާ ކާޑުގެ ނަންބަރު ނުހިމަނައި ޗާޕުކުރާ ދީނީ ލިޔުންތަކަކީ ފާސްނުކުރާ ލިޔުންތަކެއްކަމަށް ބަލައި އެފަދަ ލިޔުންތަކާމެދު ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. ފާސްކުރާ ކާޑުގެ ނަންބަރު ނުހިމަނައި ޗާޕުކުރާ ދީނީ ލިޔުންތަކުގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ޒިންމާ އުފުލާނީ ލިޔުން ޝާއިޢުކުރާ ފަރާތުންނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ