ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ޓަންގެ އައު ޕިކަޕެއް ގަނެދީ، އެ ޕިކަޕް ރަށުގެ ޖެޓީއާ ހަމަޔަށް ގެނެސްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި އިދާރާއަށް ޕިކަޕެއް ހޯދުމާބެހޭ:

މި އިދާރާއަށް 1.5 ޓަންގެ އައު ޕިކަޕެއް ގަނެދީ، އެ ޕިކަޕް މި ރަށު ( ގއ.ދާންދޫ ) ގެ ޖެޓީއާ ހަމަޔަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 ޖުލައި 2016 ވަނަ ދުވަހު 14:00 ގެ ކުރިން ޕްރޮޕޯޒަލް/ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯޒަލް/ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތްތައް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު (ނަމާއި އެޑްރެސް، ގުޅޭނެ ފޯން ނަންބަރު، އީމެއިލް އެޑްރެސް، ފެކްސް ނަންބަރު)

- ޕިކަޕުގެ ކުލަފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން

- ޕިކަޕުގެ ބްރޭންޑާއި އިންޖީނު ބްރޭންޑް އަދި ސްޕެސިފިކޭޝަން

- ޕިކަޕްގެ ވޮރެންޓީ ޕީރިއަޑެއް ވާނަމަ އެކަން

- ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓާއި ރޯޑްވާދިނަސް ހަދައިދިނުމާއި ޕިކަޕް ރަޖިސްޓަރީ ކުރުމާއި ރަޖިސްޓަރީ ކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު

މި އިދާރާއިން ބަލާނެ ކަންތައްތައް

- އިކޮނޮމިކް ޑިވިލޮޕްމެންޓްގައި ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ

- ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

- އަގު ހުށަހަޅާފައި ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.

- އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދިވެހިބަހުންނެވެ.

- ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓާއި ރޯޑްވާދިނަސް ހަދައިދިނުމާއި ޕިކަޕް ރަޖިސްޓަރީ ކުރުމާއި ރަޖިސްޓަރީ ކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު

- ޕިކަޕް ގަންނަން ހިނގާނެ ޚަރަދާއި އިމްޕޯޓް ޑިއުޓީ އާއި ކްލެއަރެންސް ފަދަ ޚަރަދުތައް

- މި އިދާރާގެ ނަމުގައި ޕިކަޕް ރަޖިސްޓަރީކޮށް ނިންމުމަށްފަހު ގއ.ދާންދޫ ޖެޓީއަށް ގެނެސް ދެވޭނެ އަގު

  • މަތީގައި ދެންނެވިފައިވާ އުސޫލާ ޚިލާފަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

- ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްފަހު، އަންދާސީހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

- ބިޑް އިވެލުއޭޝަނާ ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި އެއްވެސް ޝަކުވާއެއް އޮތްނަމަ، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް
  • މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާސާކުރާ އަގާ އަޅައިބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

80%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

  • ޕިކަޕް ރާއްޖެ ގެނެސް ގަނެވިއްކައި، މަރާމާތުކޮށް، ރޯޑްވާދިނަސް ހެދުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

10%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތަށް

10%

މަސައްކަތް ނިންމާ މުއްދަތު

އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން

- އަންދާސީހިސާބު ޕްރޮޕޯޒަލް މި އިދާރާގެ ނަންބަރު: 6820026 ފެކްހަށް ފެކްސްކޮށްދެއްވުން އެދެމެވެ. އަދި މީގެ އިތުރުން mail@dhaandhoo.gov.mv އަށް މެއިލް ކުރެވިދާނެއެވެ. އަދި ފެކްސްކުރާ ފަރާތްތަކާއި އީމެއިލް ކުރާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6820126 އަށް ފޯނުކޮށް އެކަން ކަށަވަރުކުރަންވާނެއެވެ. މި ގޮތުން ކުރެވޭ ފެކްހާއި އީމެއިލް ފަދަ ތަކެތި ބަލައިގަނެވޭނެ އެންމެ ފަހު ގަޑިއަކީ 25 ޖުލައި 2016 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.

ވީމާ، މިކަމާ ގުޅިގެން އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 ޝަޢުބާން 1437

12 ޖުލައި 2016
ހޯދާ