ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންގަލި ލާންޗުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ ރަންގަލި ލާންޗުގެ މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1- ލޯންޗުގެ ފެނުގެ ތިރިން ހަލްއަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުން.

2- ލޯންޗުގެ ފެނުން ތިރި ސޭންޑަރުކޮށް ޕްރައިމާއެކު އެންޓަރފޯލިން ލުން.

3- ލޯންޗުގެ ސީވޭލް ރަނގަޅުކުރުން.

4- ލޯންޗުގެ ފެންޓޭންކުން ހަލާކުވެފައިވާ ތަން ރަނގަޅުކޮށް ފާޚާނާއާ ގުޅިފައިވާ ހޮޅިތައް ރަނގަޅުކުރުން.

5- ލޯންޗުން ރެނދުލައި ކަނޑައިގެން ގޮސްފައިވާ ތަންތަން ރަނގަޅުކުރުން.

6- އިންޖީނު ހަރުކޮށްފައިވާބައި ކަނޑައިގެންގޮސްފައިވާތީ އެކަން ރަނގަޅުކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 03 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 14 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ރަންގަލި ލާންޗުގައި ކުރަންހުރި މަރާމާތުތައްކުރުމުގެ އަންދާސީހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަކޮށްފައިނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

23 ޖޫން 2016
ހޯދާ