މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
ފޯމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ GS128/2016/07 (13 މާރިޗު 2016) ނަންބަރުގެ އިޢުލާނުގައި، 1 އޭޕްރީލް 2013 ން ފެށިގެން ޢަމަލުކުރަން ފެށުނު ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުގެ 3.2 ގެ (ށ) ގައިވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހެޅުމަށް އިޢުލާނުގައި ބަޔާންކުރަންޖެހޭ ބައިތައް ފުރިހަމައަށް ހިމަނާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ފޯމަން

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ނަންބަރު:

188-OD/22/2016/09

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް: 

މަހަކު -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އޮތް އޮފީސް:

ރ. މަޑުއްވަރީ ސްކޫލް

އަތޮޅާއި ރަށް:

ރ. މަޑުއްވަރި

ސެކްޝަން:

އިދާރީ ސެކްޝަން

މަޤާމުގެ މަސްއޫލިއްޔަތު:

ހ. މަސައްކަތުމީހުންގެ ޑިއުޓީތަކާ އެއްގޮތްވާގޮތުގެމަތިން އެމީހުންލައްވައި މަސައްކަތްކުރުވުމާއި، ކުރާ މަސައްކަތުގެ ފެންވަރުބަލައި، ޗެކްކޮށް، ކުރަންޖެހޭ މަސައްކަތްތައް ދެއްކުން.

ށ. ސްކޫލުގެ އާންމު ސާފުތާހިރުކަން ބަލައި، ދުވަހުން ދުވަހަށް ޗެކްކުރުމާއި، ސްކޫލުގެ އާންމު ސާފުތާހިރުކަމާއި، ބޯފެނާއި ފާޚަނާގެ ކަންތައްތަކާ ގުޅޭގޮތުން ސްކޫލް ހެލްތު އެސިސްޓެންޓް ދެއްވާ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުން.

ނ. ސްކޫލުގެ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި، ތަކެތި ހުރީ ހުންނަންޖެހޭ ތަންތަނުގައިތޯ ބަލައި ޗެކްކުރުން.

ރ. ކޮންމެދުވަހަކު ސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން ފާޚާނާތައް ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް، އެއްވެސް މަރާމާތެއްވާނަމަ މެއިންޓަނަންސް އޮފިސަރަށް ހުށަހަޅައިގެން މަރާމާތުކުރުވުމާއި، ސާފުކުރަން ޖެހޭނަމަ، އެފަދަ ތަންތަން ފާހަގަކޮށް، މަސައްކަތު މީހުން ލައްވައި ސާފުކުރުވުން.

ބ. ގަސްއިންދުމާއި، ގަސްކޮށުމާއި، ބަގީޗާ ހެއްދުމުގެ މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.

ޅ. ސްކޫލުގައި ބޭއްވޭ އެކިއެކި ޖަލްސާތަކާއި، ޙަފްލާތައް އިންތިޒާމްކުރުމާއި، ޙަފްލާ ނިމުމުން ނުވަތަ ކިޔެވުން ފެށުމުގެ ކުރިން، މަސައްކަތު މީހުންގެ އެހީތެރިކަމާއެކު ކުލާސްތަކުގައި ތަކެތި އެތުރުން.

ކ. އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ، އެ އެއްޗަކާބެހޭ މަޢުލޫމާތު، މެއިންޓަނަންސް އޮފިސަރަށާއި އެކަމާ ގުޅޭ އިސްފަރާތަށް އަވަހަށް އެންގުން.

އ. ސްޓާފް ރޫމާއި، ސުޕަވައިޒަރސް ރޫމާއި އޮފީހުގައި ބޯފެން އަބަދުވެސް ލިބޭނެ ގޮތެއް އިންތިޒާމްކޮށް މަސައްކަތު މީހުންލައްވައި އެ މަސައްކަތް ކުރުވުން.

ވ. ތިރީގައިމިވާ ކަންތައްތައް  ދުވާލަކު އެއްފަހަރު ބަލައި ޗެކްކޮށް، ކަންތައްތަކާ ހަވާލުވެފައިވާ މީހުން މަސައްކަތްކުރާގޮތުގެ ރިޕޯޓް ލިޔެ، ހަފްތާއަކު އެއްފަހަރު މިކަންކަން ބަލަހައްޓައި އިސްވެރިޔާއަށް ހުށަހެޅުން.

1. ސްކޫލުގެ ވަށާފާރާއި، ފާޚާނާ އަދި ކްލާސްރޫމްތައް ހިމެނޭ ޢިމާރާތްތަކާއި އެހެނިހެން ތަކެތީގައި، އެކަށީގެންނުވާ ލިޔުންތައްލިޔެ، ކުރަހާފައި ހުރިތޯ ބަލައި ޗެކްކޮށް ރަނގަޅުކުރުވުން.

2. ދަރިވަރުންގެ ފާޚާނާތަކުގެ ސާފުތާހިރުކަން ބަލައި ޗެކްކުރުން.

3. ކްލާސްރޫމް އެރޭންޖްމެންޓާއި، ކްލާސްރޫމުގެ ސާފުތާހިރުކަން ބަލައި ޗެކްކޮށް، ގޮނޑި ޑެސްކު ފަދަ ތަކެތި ހަމައަށް ހުރިތޯ ބެލުން.

4. އޮފީސް، ކެމިކަލް ސްޓޯރ ރޫމް، ސްޓާފްރޫމް، ކޮންޕިއުޓަރލެބް، ލައިބްރަރީ، ސުޕަވައިޒަރސް ރޫމް ބަލައި ޗެކްކޮށް، ސާފުކުރަން ޖެހޭނަމަ، އެ މަސައްކަތާ ހަވާލުވެހުރި މީހަކުލައްވައި އެ މަސައްކަތްކުރުވުމާއި، އެތަންތަނުގައި ހުންނަންޖެހޭ ފަރުނީޗަރ ފަދަ ތަކެތި ހަމައަށް ނެތްނަމަ އެ މަސައްކަތާ ހަވާލުވެހުރި މީހަކުލައްވައި އެ މަސައްކަތް ކުރުވުން.

މ. މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ނޯޓު:

- މަޤާމުތަކުގެ އޮނިގަނޑު ފެށޭ ރޭންކަކީ އެސް. އެސް. 2 ކަމުގައިވާނަމަ، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރަށް ތިރީގައިމިވާ ޝަރުޠު ބޭނުންކުރެވިދާނެއެވެ.

- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމުގެ ސިފަތަކަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ބ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ކ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރ. މަޑުއްވަރީ ސްކޫލަށެވެ.

- ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 މޭ 24 ވާ އަންގާރަދުވަހު، ރ. މަޑުއްވަރީ ސްކޫލުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ލިބިފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލު ގެންނަންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580146 ނަންބަރު ފޯނަށެވެ. ގުޅާނީ، ރަސްމީގަޑީގައެވެ. އީމެއިލްކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލްކުރާނީ، [email protected] އަށެވެ.

4 ޝަޢުބާން 1437

11 މޭ 2016
ހޯދާ