މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ

އައްޑޫ ސިޓީ، ފުވައްމުލައް އަދި ހުވަދުއަތޮޅުގެ ރަށްރަށް ހިމެނޭ ގޮތަށް ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ) – އޮން ސައިޓް

ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް އެކެއް (01) އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ރާވައި، މެނޭޖްކުރުމާއި އަދި ޕްރޮޖެކްޓް ކޯޑިނޭޓަރަށް އައްޑޫ ސިޓީގައި އަދި ހުވަދުއަތޮޅުގައި ޕްރޮޖެކްޓުގެ ޢަމަލީ ސިފަ ގެނައުމުގައި އެހީތެރިވުމާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ. އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުން މަސައްކަތް ކުރާނީ ޕްރޮޖެކްޓް ހިންގުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައެވެ. (އައްޑޫސިޓީގައި).

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ކޮމާރސް ނުވަތަ ސައިންސް ސްޓްރީމް އިން އެޑްވާންސް ލެވެލް ސެޓުފިކެޓު ހޯދާފައިވުން.

ށ) މަދުވެގެން 02 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ ތެރެއިން 01 އަހަރުދުވަހު ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވުން.

ނ) ކުނި މެނޭޖުކުރުމުގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) ދިވެހި އަދި އިނގިރޭސިބަހުން ލިޔުމާއި މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.

ބ) ޕްރޮކިއުމަންޓްގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

- ހަވާލުކުރެވޭ މަސައްކަތް ތަރުތީބުކަމާއެކު ފުރިހަމަ ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން. އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން. 

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ހަވާލުކުރެވިފައިވާ މަޤާމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ.

- މި މަޤާމުގެ މުސާރައަކީ މަހަކު -/15,000 ރުފިޔާއެވެ. އަދި ފޯނު/އިންޓަރނެޓްގެ ޚަރަދަށް މަހަކު -/3,000 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.

މި މަސައްކަތުގެ މުއްދަތަކީ ސަތިރީސް (36) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 ،3018431  އަށް ގުޅުއްވުން އެދެމެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

  • އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

04 އޭޕްރިލް 2016
ހޯދާ