މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

   މަޤާމު:                     ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     އެމް.އެސް. 2

   ކްލެސިފިކޭޝަން:                ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

   މުސާރަ :                   -/6295 ރުފިޔާ

   ސަރވިސް އެލަވަންސް:            -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:     އެޑްމިން އެންޑް ފައިނޭންސް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޓިވެޓްގެ ޕްރޮގުރާމްތައް ކޯޑިނޭޓްކޮށް ހިންގުން.                                                                                                
  • ކަނޑައެޅޭ ދާއިރާތަކުގެ ސްޓޭންޑަރޑް ލިޔުމުގެ މަސައްކަތް ކުރުން.                                                  
  • ކަނޑައެޅޭ ދާއިރާތަކުގެ ޓެކްނިކަލް ޕެނަލްތަކުގެ މަސައްކަތް ރާވައި ހިންގުން.                                                                                                  
  • ކަނޑައެޅޭ ދާއިރާތަކުގެ ސެކްޓަރ ކައުންސިލްގެ މަސައްކަތްތައް ރާވައި ހިންގުން.                                                   
  • މާލެއާއި ރާއްޖޭގެ ރަށްތަކުގައާއި ރިސޯޓްތަކުގައި ހިންގާ މި އޮތޯރިޓީގެ ޕްރޮގުރާމްތައް މޮނިޓަރ ކުރުމާއި އެސެސްމަންޓްގެ ކަންކަން ކުރުން. 
  • ޓިވެޓްގެ ސަނަދު ދޫކުރުމާގުޅޭ ކަންކަން ކުރުން.
  • ޓިވެޓްގެ ފަރާތުން ބާއްވާ އެކިއެކި ވާރކްޝޮޕްތައް އޮގަނައިޒްކުރުމުގައި އެހީތެރިވުން. 
  • އޮތޯރިޓީގެ ފައިސާއާއި އަދި އިދާރީ އެންމެހާ ކަންކަން ކުރުން.
  • އޮތޯރިޓީގެ މުވައްޒަފުންނާ ގުޅޭ އިދާރީ އެންމެހައި ކަންކަން ކުރުން.                                     

 ޝަރުޠު:                                               

1. މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އުނގަންނައިދިނުން / ތަމްރީނުކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން.

ނުވަތަ 

2. މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އުނގަންނައިދިނުން / ތަމްރީންކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އުނގަންނައިދިނުން / ތަމްރީނުކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

4. މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އުނގަންނައިދިނުން / ތަމްރީނުކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް 

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ ފަރާތަކަށް.

ބ. ރާއްޖޭގެ ރަށްތަކަށާއި ރިސޯޓްތަކަށް ދަތުރުކުރެވޭ ފަރާތަކަށް.

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 10 އެޕްރީލް 2016 އަދި 14 އެޕްރީލް 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން (ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯރއިން ލިބިވަޑައިގަންނަވާނެއެވެ.) އަދި www.tvet.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން ނުވަތަ އެލިޔުންތަކުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ. (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޣާޒީ ބިލްޑިންގ (ގްރައުންޑް ފްލޯރ) އަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 07 އެޕްރީލް 2016 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341269 / 3341313 ފޯނަށް ގުޅުއްވުން އެދެމެވެ.  

28 މާރިޗު 2016
ހޯދާ