ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް) 

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް އެންޑް އެސެސްމަންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

މަހަކު : -/14,700 ރުފިޔާ

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި، މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުން.

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލައި، މޮނިޓަރކުރުން.

- މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން.

- ޓްރައިބިއުނަލްގެ ހަރަކާތްތަކާ ގުޅިގެން ޤާނޫނީގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް، ޓްރައިބިއުނަލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާ އެއްގޮތަށް ހަލުވިކަމާއި ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު، ޓްރައިބިއުނަލްގެ މެންބަރުންނަށް ދިނުން.

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާއަށް ހަމަޖެއްސުމުގެ ކުރިން، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)  
  2. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ވަޒީފާގެ މަސްއޫލިއްޔަތާއި، އެ ވަޒީފާގައި ހޭދަވި މުއްދަތާއި، މަސައްކަތުގެ އަޚްލާޤުހުރިގޮތް ބަޔާންކޮށް)
  3. ކަރިކިއުލަމް ވިޓާ (ސީވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.       

ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން  މި ޓްރައިބިއުނަލަށް (ކުރީގެ ހެލްތް މިނިސްޓްރީގެ ދެވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ޓްރައިބިއުނަލުން ލިބެން ހުންނާނެއެވެ. އަދި މި ޓްރައިބިއުނަލްގެ www.tat.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.  

އިންޓަވިއު:މި މަޤާމަށް އިންޓަވިއުކުރުމަށް ދަޢުވަތު ދެވޭނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015
ހޯދާ