އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

މި ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު 

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިން

ވަޒީފާ އަދާ ކުރަންޖެހޭ ތަން

އދ. އަތޮޅު ހޮސްޕިޓަލް، އދ. މަހިބަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަރުކަޒުގެ ބޭނުންތަކުގައި އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު، ޕާރސަލް ފަދަ ތަކެތި އަމާނާތްތެރިކަމާއެކު، އޮފީހުން އަންގަވާ ތަންތަނަށް ގެންގޮސް ހަވާލުކުރުން.
  2. މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން
  3. މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، ގަސްތަކަށް ފެންދީ ގަސްކޮށައި ބެލެހެއްޓުމާއި، މަރުކަޒުގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތް ކުރުން
  4. އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ޑަސްބިންތައް ބަލައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުން
  5. މަރުކަޒުގެ ތެރޭގައި ހުންނަ ބޮކިތަކާއި ފަންކާ ހޮޅިބުރި ގަޑި ފަދަ ތަކެތި ބަލައި، އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ ހައްލުކުރުން. މިގޮތުން ހައްލު ނުކުރެވޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމެއް އިދާރީ މުވައްޒަފަކަށް ރިޕޯޓު ކުރުން
  6. މަރުކަޒުގައި ހިފާގެންގުޅޭ ތަކެތި ( ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސާމާނު ) ސާފުކޮށް ބެލެހެއްޓުން
  7. މަރުކަޒަށް ގެނެވޭ ނުވަތަ މަރުކަޒުގެ ބޭނުންތަކަށް ހޯދާ މުދާ ފަދަ ތަކެތި ގެނައުމާއި ގުދަންކުރުން.
  8. ހޮސްޕިޓަލުން އިންތިޒާމު ކުރާ ބައްދަލުވުންތަކާއި، އެކިއެކި ދުވަސްތަކާއި މުނާސަބަތުތައް ފާހަގަ ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން
  9. ހެނދުނު 6:00 ގައި ދިދަ ނެގުމާއި އިރުއޮއްސި 6:00 ގައި ދިދަ ތިރިކުރުން
  10. މީގެ އިތުރުންވެސް ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ، އަދި ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު މި ހޮސްޕިޓަލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އދ. އަތޮޅު ހޮސްޕިޓަލަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

އޮކްޓޫބަރު 2015 ގައި އދ. އަތޮޅު ހޮސްޕިޓަލްގައި

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6680851 އެވެ. 

15 ޛުލްޙިއްޖާ 1436

30 ސެޕްޓެންބަރު 2015
ހޯދާ