މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

މި މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

-           

ވަޒީފާ އަދާ ކުރަންޖެހޭ ތަން

މާފުށީ ސިއްހީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒުގެ ގޯތިތެރެއާއި އިމާރާތާއި އެތަންތާގައިވާ ތަކެއްޗާއި ވަށައިގެންވާ މަގުތައް ކުނިކަހާސާފުތާހިރުކޮށް ބެލެހެއްޓުން.
  • މަރުކަޒުން އެކިފަރާތްތަކަށް ފޮނުވަން ހަވާލުކުރެވޭ ތަކެތި އެފަރާތްތަކާއި ހަވާލުކުރުމާއި، ކިޔަންޖެހޭ ލިސްޓްތަކަށް ކިޔުމާއި، އާއްމު ކުރަންޖެހޭ އެންގުންތަށް، އެތަކެތި ހިއްޕަންޖެހޭ ތަންތަނުގައި ހިއްޕުމާއި ބަނދަރުން ގެންނަންޖެހޭ ތަކެތި ގެނައުމާއި ބަނދަރަށް ގެންދަންޖެހޭ ތަކެތި ގެންދިޔުން.
  • ރަށުގެއެކި އޮފީސްތަކަށާއި ،އެހެނިހެން ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީއާއި އެހެނިހެން ލިޔުންތަކާއި ތަކެތިޙަވާލުކުރުން.
  • މަރުކަޒުން އަންގާ ވަޒީފާއާއި ގުޅުން ހުރި އެންމެހައި ކަންތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

07 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މާފުށި ސިއްޚީމަރުކަޒުގެ އޮފީހަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީހާއި ތަން އިއުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 14 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6640414 އެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހެލްތުގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.

15 ސެޕްޓެންބަރު 2015
ހޯދާ