މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

އިނާޔަތްތައް

-/7,035/ ރުފިޔާ

-/2,000 ރުފިޔާ

2,462/25 ރުޔިޔާ

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕަރޓްމަންޓް/ ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް،އިމްޕްލިމެންޓޭޝަން އެންޑް މޮނިޓަރިންގ ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އެއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އެއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އެއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. ޕްރޮޖެކްޓް މެނޭޖްމަންޓާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
  5. ޕްރޮޖެކްޓް މެނޭޖްމަންޓާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ކޮންޓްރޯލްއާ ގުޅިގެން ހިންގާ މަޝްރޫޢުތަކާއި މަސައްކަތްތައް މޮނިޓަރ ކޮށް އެކަމާބެހޭ ރިޕޯޓުތައް އެކުލަވާލުން.
  2. ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ކޮންޓްރޯލްގެ މަސައްކަތްތައް މޮނިޓަރ ކުރުމަށް ދަށުގައި ތިބޭ މުވައްޒަފުންލައްވާ ޑޭޓާ ކަލެކްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  3. ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ކޮންޓްރޯލްއާ ގުޅިގެން ހިންގާ މަޝްރޫޢަކާއި ގުޅިގެން ރިޕޯޓު ކުރެވޭ ކޮމްލެއިންތައް ލޮގްކުރެވޭނެ ނިޒާމެއް ޤާއިމުކޮށް ހިންގުން.
  4. ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތަކުގެ ޕާރފޯމަންސް އެޕްރެއިޒަލް ހަދާ އެމުވައްޒަފުންނަށް މަގު ދެއްކުން.
  5. ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ކޮންޓްރޯލް އާއި ގުޅިގެން ހިންގާ މަޝްރޫޢުތަކާއި މަސައްކަތްތައް އިވެލުއޭޓްކޮށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔުނިޓްގެ ހެޑްއާ މަޝްވަރާކޮށްގެން ނިންމުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ލިބިފައިވާ ތަޖުރިބާ.
  2. ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 30 ސެޕްޓެމްބަރު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 1 އޮކްޓޫބަރު 2015 އާއި 30 ނޮވެންބަރު 2015އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ. 

25 ޛުލްޤަޢިދާ 1436

09 ސެޕްޓެންބަރު 2015
ހޯދާ