ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ރޭންކް: އެމް.އެސް 02)

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ (އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް)

ތަޢުލީމާއި ތަޖުރިބާ:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓް، އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާ ނުވަތަ މިދާއިރާތަކާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓް، އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާ ނުވަތަ މިދާއިރާތަކާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓް، އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާ ނުވަތަ މިދާއިރާތަކާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންޝަލް މެނޭޖްމަންޓް، އިކޮނޮމިކް ޑިވެލޮޕްމަންޓް ދާއިރާ ނުވަތަ މިދާއިރާތަކާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އަތޮޅު އިސްޓޯރާއި އަދި މިނޫނަސް ކައުންސިލަށް އާމްދަނީ ހޯދުމަށް ހިންގޭ ޕްރޮގްރާމްތަކާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަންކަން ހިނގާ ނުހިނގާގޮތް ބަލާ އިޞްލާޙުކުރަންޖެހޭ ކަންކަމަށް ދުވަހުން ދުވަހަށް ފިޔަވަޅުއެޅުން.
  2. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަތޮޅުކައުންސިލުން ނަގާ ލޯނުތަކުގެ ހިސާބުތައް ލިޔެ ބެލެހެއްޓުން
  3. ރަށްރަށުގެ ރައްޔިތުންގެ މާލިއްޔާ ކުރިއަށް ގެންދިއުމުގައި އަތޮޅު ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަންތައްތައްކުރުން
  4. އިޤުތިސާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނޫފުލޭ މުދާހޯދުމާއި އަދި މިފަދަތަކެތި ލާމަރުކަޒީޤާނޫނުގައިވާ ގޮތުގެމަތިން އެހެންފަރާތަކަށް ކުއްޔަށް ދިނުމާއި ދޫކުރުމުގެ ކުރަންޖެހޭ ކަންތައްތައްކުރުން.
  5. އިދާރީދާއިރާގެ ފެންވަރުގައި އަތޮޅުކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވިޔަފާރީގެ މުޢާމަލާތްކުރުން.
  6. އަތޮޅު ތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ފަންޑް ހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  7. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުނިސިޕަލް ބޮންޑާއި، މުނިސިޕަލް ސެކިއުރިޓީ ފަދަ މާލީ ސެކިއުރިޓީތައް އެކަށައަޅައި އެފަދަ ސެކިއުރިޓީތައް ސްޓޮކް އެސްޗޭންޖް މެދުވެރިކޮށް ވިއްކުން.
  8. ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި، ފަޅު ހޯދުމާއި، އެފަދަ ތަންތަން ކުއްޔަށް ދިނުމާއި، އިންވެސްޓްކުރުމާއި، ކައުންސިލްގެ ނަމުގައި މިލްކުކުރުމާއި ގުޅޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔެ ބެލެހެއްޓުން.
  9. ކައުންސިލުން ހިންގަން ބޭނުންވާ ކަންކަމުގެ ޕްރޮޕޯޒަލް ތައްޔާރުކުރުން
  10. ޑޯނަރ އެޖެންސީތަކަށް އެހީ ހޯދުމަށް ސާންޕަލް ޕްރޮޕޯޒަލް ތައްޔާރުކުރުން
  11. ކޯޕަރޭޓިވްސް އަތޮޅު ތެރޭގައި އުފެއްދުމަށް ބޭނުންވާ ސާންޕަލް ޕޮރޮޕޯޒަލް ތައްޔާރުކުރުން
  12. ފަރުދީ ތަނަވަސްކަން އިތުރު ކުރުމަށް ހިންގިދާނެ ކަންކަން ދެނެގަތުން
  13. ކައުންސިލަށް އާމްދަނީލިބޭ ވަޞީލަތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  14. ކައުންސިލަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
  5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 14.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުން.

އިންޓަވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2015 އޮކްޓޫބަރު 01 އިން 04 އާއި ދެމެދު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (ފޯމު ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް: www.faaf.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލު ވުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

އެހެނިހެން ކަންތައްތައް

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއޮފީހުގެ ނަންބަރު: 6740017، 6740018 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

24 ޛުލްޤަޢިދާ 1436

08 ސެޕްޓެންބަރު 2015
ހޯދާ