މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ޑްރައިވަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް. އެސް. 2

މުސާރަ

މަހަކު -/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސާރވިސް އެލަވަންސް

-/1000 ރުފިޔާ (އެއްހާސް ރުފިޔާ)

ސެކްޝަން

މަޑުއްވަރީ ޞިއްޙީ މަރުކަޒު

މަޤާމުގެ އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން. ނުވަތަ؛
  2. ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެމްބިއުލާންސްގައި ބަލިމީހުން އުފުލުން.
  2. މަރުކަޒުގެ އެމްބިއުލާންސް ޑްރައިވަރަކަށް ކަނޑައެޅިފައިވާ ޑިއުޓީ، ޞިއްޙީ މަރުކަޒުން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  3. ޑްރައިވަރަށް ކަނޑައެޅިފައިވާ ޑިއުޓީގެ އިތުރުން، ބަލިމީހަކު އުފުލަން ޖެހިދާނެކަމަށް އޮންކޯލްގައި ހުރުން.
  4. އެމްބިއުލާންސަށް ބޭނުންވާ ތަކެތި، ކަމާބެހޭ ބޭފުޅަކަށް ދަންނަވައިގެން ހަމަކުރުން.
  5. އެމްބިއުލާންސްގައި ކުރަންޖެހޭ މަރާމާތުތައް ކަމާއިބެހޭ ބޭފުޅަކަށް ދަންނަވައިގެންކުރުން.
  6. އެމްބިއުލާންސް ދަތުރުނެތް ވަގުތުތަކުގައި، ޞިއްޙީ މަރުކަޒުގައި ކުރަންޖެހޭ އެކިއެކި މަސައްކަތްކުރުން.
  7. މީގެ އިތުރުން ވެސް، ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެހުރި ފަރާތަކުން އަންގަވައިފި މަސައްކަތަކާ ހަވާލުވެގެން ކުރިއަށްގެންދިއުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ޢިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން)  މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ.

- ވަޒީފާއަށް  އެދޭ  ފޯމް  ހުށަހެޅޭނެ  އެންމެފަހު ތާރީޚަކީ،  2015  ސެޕްޓެންބަރު  2  ވާ  ބުދަ  ދުވަހުގެ މެންދުރުފަހު  14:30 އެވެ.

- ފޯމް ހުށަހަޅާނީ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ.

- 2015 ސެޕްޓެންބަރު 2 ވާ ބުދަ ދުވަހުގެ 14.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ސެޕްޓެންބަރު 14 ވާ ހޯމަ ދުވަހުން ފެށިގެން 2015 ސެޕްޓެންބަރު 21 ވާ ހޯމަ ދުވަހާ ދެމެދުގެ ތާރީޚެއްގައި ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، ރަސްމީގަޑީގައި،  ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒުގެ 6580394 ނަންބަރު ފޯނަށެވެ.

5 ޛުލްގަޢިދާ 1436

20 އޮގަސްޓް 2015
ހޯދާ