ހއ. މުރައިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެކަންހުރި، ޤާބިލް މީހެކެވެ.

ރިސެޕްޝަނިސްޓް

މަޤާމް

1 (އެކެއް)

ބޭނުންވާ އަދަދު

ރޭންކް: GS3

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކުލެސިފިކޭޝަން

-/4،465 ރުފިޔާ

މުސާރަ

-/1،500 ރުފިޔާ

ސަރވިސް އެލެވަންސް

އެޑްމިނިސްޓްރޭޓިވް

ޑިވިޜަން/ސެކްޝަން

ހއ. މުރައިދޫ ޞިއްޙީ މަރުކަޒު/ ހއ. މުރައިދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ. މުރައިދޫ ޞިއްޙީ މަރުކަޒު

އާންމުގޮތެއްގައި ވަޒީފާ އަދާކުރަންޖެހޭ ތަން

1. ޕޭޝަންޓުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ރަޖިސްޓްރޭޝަނުގެ މަސައްކަތް ކުރުމުގައި

އެހީތެރިވުން.

2. ޞިއްޙީ މަރުކަޒުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ޞިއްޙީ މަރުކަޒަށް ޚިދުމަތް ހޯދަން ފޯނުން ނުވަތަ އެހެން ގޮތަކުންވެސް މުޢާމަލާތްކުރާ ފަރާތްތަކަށް އަދަބުވެރިކަމާއެކު މުޢާމަލާތްކުރުމާއެކު، ކަންކަން އޮންނަގޮތް ރަނގަޅަށް ސާފުކޮށް ބުނެދިނުން.

3. ޕޭޝަންޓުންގެ މެމޯ ހެދުމާއި، ޕްރިސްކްރިޕްޝަން ތައްޔާރުކުރުން.

4. އާސަންދައިގެދަށުން ހަދަންޖެހޭ ޓްރާންސެކްޝަންތައް ހެދުމާއި، އާސަންދަ ޚިދުމަތްދޭ އޮފީހަށް ކޮންމެ މަހެއްގެ 15 ގެ ފަހުން އިންވޮއިސްތައް ފޮނުވުން.

5. ޖީ.ޕީ ސަރވިސްއާ ގުޅިގެން ބަލަހައްޓަންޖެހޭ ބަލިމީހުންގެ ފައިލްތައް ޤަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

6. ތަރުޖަމާނު ނެތް ޙާލަތުގައި ޑޮކްޓަރ ކޮޓަރީގައި ބަލިމީހުން ބެލުމުގައި އެހީތެރިވެދިނުމާއި، ބަލިމީހުންނަށް ދޫކުރާ ލިޔުންތަކުގެ ތެރެއިން މެޑިކޯ ލީގަލް އާއި ރިފަރަލް ފަދަ ލިޔުންތައް ތައްޔާރުކުރުން.

7. ޕޭޝަންޓުން ރިފަރކުރާއިރު ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމުގައި އެހީތެރިވުން.

8. އޯ.ޕީ.ޑީ އިންވެންޓްރީ ބެލެހެއްޓުމާއި، ކައުންޓަރަށް ލިބޭ ފައިސާ ބަލައިގަނެ، ކަމާގުޅޭ މުވައްޒަފުންނާ ހަވާލުކުރުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

 

1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ  އިމްތިޙާނުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގްރޭޑް  ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން.

ތަޢުލީމާއި، ތަޖުރިބާ

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި، އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން  ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި، ރިސްކް އެލަވަންސް ލިބޭނެއެވެ.

އިނާޔަތްތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު / ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، 2015 ސެޕްޓެންބަރު 1 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް ހއ. މުރައިދޫ ޞިއްޙީ މަރުކަޒުގެ އިދާރީ އޮފީހަށް ހުށަހަޅަންވާނެއެވެ.

ސުންގަޑި

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500569 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

5 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015
ހޯދާ