މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑައިވަރޝަން ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދަން

ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ޑައިވަރޝަން ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށާއި ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށާއި ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ