މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖުވަނައިލް ޖަސްޓިސް ޔުނިޓަށް ބޭނުންވާ އދ.ގައިޑްލައިންތައް އިނގިރޭސިއާއި ދިވެހިބަހުން އެއްފޮތެއްގެ ސިފައިގައި ލޭއައުޓް ހަދައި، 600 ކޮޕީ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޖުވަނައިލް ޖަސްޓިސް ޔުނިޓަށް ބޭނުންވާ އދ.ގައިޑްލައިންތައް އިނގިރޭސިއާއި ދިވެހިބަހުން އެއްފޮތެއްގެ ސިފައިގައި ލޭއައުޓް ހަދައި، 600 ކޮޕީ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: IUL)10-F/1/2015/89)ފ(07 ޖުލައި 2015) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅުއްވާފައިވަނީ ދެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏06 ޝައްވާލު 1436

22 ޖުލައި 2015
ހޯދާ