މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ޕްރޮޖެކްޓް މެނޭޖްމަންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ޑިރެކްޓަރ، ޕްރޮޖެކްޓް މެނޭޖްމަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އީ. އެކްސް. 1

ޑިރެކްޓަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އިނާޔަތްތައް

-/8,835 ރުފިޔާ

-/2,000 ރުފިޔާ

3,092/25 ރުޔިޔާ (އިތުރުގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް ސެކްޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  • އެންވަޔަރަންމަންޓަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ފެނާއި ނަރުދަމާގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • އެންވަޔަރަންމަންޓަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ފެނާއި ނަރުދަމާގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެންވަޔަރަންމަންޓަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފެނާއި ނަރުދަމާގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސަރުކާރުގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިން ފެނާއި ނަރުދަމާ ނިޒާމްގެ ޕްލޭންތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި  އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިދފިނަމަ ސެކްޝަނާއި ހަވާލުވެ މަސައްކަތް ކުރުން
  • ފެނާއި ނަރުދަމާގެ ގުޅުންހުރި އެންމެހާ ޕޮލިސީތައް ރޭވުމުގައި ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުމާ އެކު އަމަލީ ގޮތުން ބައިވެރި ވާންޖެހޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން
  • ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ތަރައްޣީ ކުރުމަށް ބޭނުންވާ ބޭރުގެ ލޯނު އެހީ އާއި އެހެނިހެން ޖަމާއަތްތަކުން ބޭނުންވާ އެހީތެރިކަން ހޯދުމަށް ބޭނުންވާ ޕްލޭންތަން ރާވާ އެފަދަ އެހީތައް ލިބޭނެ މަގުތައް ތަނަވަސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ސެކްޝަނުން ކުރެވެމުންދާ މަސައްކަތް ތަކުގެ މައުލޫމާތު ދޭންޖެހޭ ފަރާތްތަކަށް އެ މަޢުލޫމާތު ލުއިފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު އެކިފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު ފޯރުކޮށް ދިނުން
  • ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ފެނާއި ނަރުދަމާއާ ބެހޭ ސެމިނަރ އަދި ޖަލްސާފަދަ ކަންކަމުގައި ބައިވެރިވުން
  • ސެކްޝަނުން ކުރިއަށް ގެންދާ މަސައްކަތާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓު އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ސެކްޝަންގެ މުވައްޒަފުންނާއި ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން.
  • ސެކުސަނުގެ މުވައްޒަފުންނާއި ބޭރުގެ ކޮންސަލްޓެންޓުންނަން ބޭނުންވާ މަސައްކަތުގެ މާހައުލު ތަނަވަސްކޮށްދީ މަސައްކަތް ކުރެވޭގެ މަގުތައް ތަނަވަސް ކޮށް ދިނުން
  • އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ސެކުޝަނުގެ އިސްވެ ހުންނެވި ބޭފުޅަކު މަސައްކަތް ކުރައްވަމުންދާހިދު އެފަރާތަކަށް ބޭނުންވާ އެހީތެރިކަމަކަށް އެދިއްޖެ ހިނދެއްގައި އެހީތެރިކަން ދެއްވުމާއި ބަޖެޓާއި އަހަރީ ރިޕޯޓު ހެދުމުގައި ޢަމަލީ ގޮތުން ބައިވެރިވުން
  • ދުވަހުން ދުވަހަށް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސްޕަވައިޒް ކުރެއްވުމާއި، ސުޕަވައިޒް ކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެއްލެވުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި މުވައްޒަފުންނަށް، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހި ކޮށްދިނުމާއި، ދިމާވާ ފަންނީ އަދި އެހެނިހެން މަސްއަލަތައް ޙައްލުކުރުމުގައި އެހީތެރިވެ ދިނުން
  • މީގެ އިތުރުން ސެކްޝަނުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ފެނާއި ނަރުދަމާއާ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
  • ފެނާއި ނަރުދަމާ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަޝްރޫޢުތައް ވިލަރެސްކޮށް ތަންފީޒު ކުރުމުގައި ލިބިފައިވާ ތަޖުރިބާ.
  • ބޭރުގެ ތަފާތު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 12 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް
  • އިންޓަރވިއުއާއި އިމްތިޙާންކުރުން 13 އޮގަސްޓު 2015 އާއި 3 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ