ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ގިންތި

ދާއިމީ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ

5610.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ (މަހަކު)

ވަޒީފާ އަދާކުރަންޖެހޭ ރަށާއި ތަން

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ    

ޔުނިޓް:

އިކޮނޮމިކް،  ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް   

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް. އެސް. 1

ޝަރުޠު/ ތަޢުލީމީ ފެންވަރު:

  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމަމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން އެކަށައަޅާ ޕްލޭނުގައި ހިމެނޭ މަޝްރޫޢުތައް ޕްލޭންކުރުމުގައި ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތަށް، ކައުންސިލާއި ޒިންމާދާރު ވެރިޔާއާއި ސެކްޝަން ހެޑްގެ އިރުޝާދުގެދަށުން ކުރަންޖެހޭ އެންމެހައި އިދާރީ، އަދި ޓެކްނިކަލް މަސައްކަތްތައް ކުރުން.
  • ރަށުގެ ރައްޔިތުންގެ އިޤުތިޞާދީ ތަރައްޤީއަށާއި، އިޖުތިމާޢީ ތަރައްޤީއަށާއި، ޢުމްރާނީ ތަރައްޤީއަށް ކައުންސިލުން ހަދަންޖެހޭ ދިގުމުއްދަތުގެ ޕްލޭންތަކާއި، މެދުރާސްތާގެ ޕްލޭންތަކާއި، ކުރުމުއްދަތުގެ ޕްލޭންތައް ހެދުމުގެ ޓެކްނިކަލް އަދި އިދާރީ މަސައްކަތްތައް، ކައުންސިލާއި ޒިންމާދާރުވެރިޔާއާއި، ސެކްޝަން ހެޑްގެ ލަފާގެމެތިން ކުރުން.
  • ޤާނޫނު ނަންބަރު 2010/7 ގެ 23 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން، ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާއި ސަރުކާރުން ހަވާލުކުރައްވާ ތަރައްޤީގެ މަޝްރޫޢުތައް ހިނގާނުހިގާގޮތް ބަލައި، ހަދަންޖެހޭ ރިވިއު ރިޕޯރޓްތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އެންމެހައި މަސައްކަތްތައް، ކައުންސިލާއި ޒިންމާދާރު ވެރިޔާއާއި ސެކްޝަން ހެޑްގެ އިރުޝާދުގެދަށުން ކުރުން.
  • އަމިއްލަ ފަރާތްތަކުންނާއި، ކްލަބް، ޖަމްޢިއްޔާ ފަދަ ތަންތަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ބެލުމާއި، އެކަމާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ރަށުގެ ޙާލަތު ދެނެގަތުމަށް ހަދަންޖެހޭ ސަރވޭތައް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ކައުންސިލާއި ޒިންމާދާރު ވެރިޔާއާއި ސެކްޝަން ހެޑްގެ ލަފާގެމަތިން ކުރުން.
  • ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.
  • ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި، އެ މުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި، އެ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރަމުންދާ އިދާރާއަކުން ދޫކޮށްފައިވާ ލިއުން.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށް، އެކްރެޑިޓް ކުރެވިފައި)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާއެކު، ކޮޕީ އެޓެސްޓްކޮށް، އެކްރެޑިޓް ކުރެވިފައި)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ސުންގަޑި:

2015 ޖުލައި 28 ބުރާސްފަތި ދުވަހުގެ 14:00

އިންޓަވިއު އޮންނާނެ ތާރީޚު:

މި މަޤާމަށް އެދޭ ފަރާތްތައް އިންޓަވިއު ކުރުން އޮންނާނީ، 05 އޮގަސްޓް 2015 އާއި 20 އޮގަސްޓް 2015 އާ ދެމެދުގެ ތާރީޚެއްގައި، ކޮލަމާފުށީ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6820017 ނަންބަރު ފޯނަށެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

25 ރަމަޟާން 1436

12 ޖުލައި 2015
ހޯދާ