މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

މަޤާމް

1 (އެކެއް)

ބޭނުންވާ އަދަދު

 ޖީ. އެސް. 3

މަޤާމުގެ ރޭންކް

 އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތް ކުރަންޖެހޭ ތަން

-/4465 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

އަސާސީ މުސާރަ

-/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

-/2550 ރުފިޔާ (ދެހާސް ފަސް ސަތޭކަ ފަންސާސް ރުފިޔާ)

ލިވިންގ އެލަވަންސް

އަސާސީ މުސާރައިގެ %25

ޖުޑީޝަލް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިތުރުގަޑީގެ ފައިސާ

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

- މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އަސާސީ ޝަރުޠު

- ޝަރީޢަތަށް މީހުން ހާޒިރުކުރުމުގައި، ކޯޓުގެ މެޖިސްޓުރޭޓް ނުވަތަ ކޯޓާ އޭރަކު ހަވާލުވެ ހުންނަ މެޖިސްޓުރޭޓަކު އަންގާ ގޮތެއްގެމަތިން ފިޔަވަޅު އަޅަމުންދިއުމާއި، ކޯޓް އަމުރާއި، ބަންދު އަމުރު، އަންގާގޮތެއްގެމަތިން ތައްޔާރުކޮށް ބެލެހެއްޓުން.

- ކޯޓްރޫމާ ގުޅޭގޮތުން އިންތިޒާމްކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް، ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުން.

- ކޯޓާ ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާގޮތެއްގެމަތިން ދަޢުވާފޯމް ޤަޟިއްޔާކުރުން ނުވަތަ މައްސަލަ ހުށަހެޅުމާއި، ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބު ދިނުމަށް އަންގާ ގޮތެއްގެމަތިން ދަޢުވާ ފޯމްތަކުގެ ޖަވާބު ފޮނުވުން.

- މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް، ކަމާގުޅޭ ފައިލަށް ލުމަށް ހަވާލުކުރަންޖެހޭ  މުވައްޒަފާ ހަވާލުކުރުމާއި، މައްސަލަ ނިމޭތާ ގިނަވެގެން މަސްދުވަހުގެތެރޭގައި މައްސަލައިގެ ރިޕޯޓް ލިޔެ ފައިލް ހަވާލުކުރުން.

- މަޙުޟަރުތައް ލިޔެބެލެހެއްޓުމާއި، ޤަޟިއްޔާތަކާ ގުޅީގެން ފައިލަށް ލާންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ލެވިފައި ހުރިތޯ ބެލުމާއި، މެޖިސްޓުރޭޓް އަންގާފައިވާ ތަރުތީބަކުން އެފަދަ ލިޔުންތައް ފައިލުތަކަށް  ލުން.

- މެޖިސްޓުރޭޓް އަންގާގޮތެއްގެމަތިން މައްސަލަތައް ތާވަލުކުރުމާއި، ޤަޟިއްޔާތަކާ ގުޅިގެން އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ދިނުމަށް އެއަށް ޖަވާބު ތައްޔާރުކުރުމަށް މެޖިސްޓުރޭޓް އަންގާ ގޮތެއްގެމަތިން ޖަވާބު ތައްޔާރުކުރުމަށް، އިދާރީ ކަންކަމާ ހަވާލުވެ ހުންނަ މުވައްޒަފާ ހަވާލުކޮށްގެން ޖަވާބު ތައްޔާރުކުރުމާއި، އެ ސީޓީތަކަށް ޖަވާބު ފޮނުވޭތޯ ބެލުން.

- ކުރާ ޙުކުމްތަކާއި، ކޯޓުން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް، ހަވާލުވެ ހުންނަ  މެޖިސްޓުރޭޓަކު އަންގާ ގޮތެއްގެމަތިން އެކަމާ ހަވާލުވެ ހުންނަ މުވައްޒަފެއް މެދުވެރިކޮށް އެންގުން.

- ޝަރީޢަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔުންތައް ތައްޔާރުކުރުން.

- ތަޞްދީޤުކުރުމަށް ކޯޓަށް ހުށަހެޅޭ ލިޔުންތަކާމެދު މެޖިސްޓުރޭޓް އަންގާ ގޮތެއްގެމަތިން ފިޔަވަޅުއެޅުން.

- ޝަރީޢަތާ ގުޅޭ އެންމެހައި ފޮތްތައް ލިޔެ ބެލެހެއްޓުން (މީގެ ތެރެއިން، ވަރީގެ ރަޖިސްޓްރީއާއި، ވަރީގެ ދަފްތަރު، ވަރި ފަސްޚް ތަފްރީޤު ސެޓްފިކެޓް ހަވާލުކުރާ އިސްތިސްނާވާނެއެވެ.)

- މުއްދަތުޖެހުމަށާއި، އެނޫންވެސް އަމުރެއްދިނުމަށް ނުރަސްމީ ގަޑީގައި ކޯޓް ހުޅުވަން ޖެހިއްޖެނަމަ އެކަމާގުޅޭ އެންމެހައި ކަންކަން އިންތިޒާމްކުރުން.

- ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މަސައްކަތް ކުރުމާއި، ކޯޓް ހުޅުވައި ލައްޕަން ޖެހިއްޖެނަމަ، އެ މަސައްކަތް ވެސް ކުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް (މި ފޯމް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން އެކްރިޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

ހުށަހަޅަންޖެހޭ ތަކެތި

ވަޒީފާއަށް އެދޭ ފޯމާއެކު، 2015 ޖުލައި 28 ވަނަ ދުވަހުގެ 14:30 ގެ ކުރިން ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް، ފެކުހުން ނުވަތަ އީމެއިލުން ވެސް ހުށަހެޅިދާނެއެވެ. ފެކުހުން ނުވަތަ އީމެއިލުން އެޕްލިކޭޝަން ފޯމް ހުށަހަޅާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، އެޕްލިކޭޝަން ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ.

ސުންގަޑި

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެ ފޯމް ބާޠިލްވާނެއެވެ.

- މި މަޤާމަށް އެދި  ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ ކޮޕީއެއް ވަޒީފާއަށް އެދޭ ފޯމާއެކު ލިބޭނެއެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 6560021 ފޯނާ ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ