ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވީ.އައި.ޕީ ކެއަރ ޓޭކަރ

މަޤާމު

ވީ.އައި.ޕީ ކެއަރ ޓޭކަރ

ބޭނުންވާ އަދަދު

1

މާޤާމުގެ ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް 2

މުސާރަ

މަހަކު -/3,470 ރުފިޔާ.

ސާރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ.

އިނާޔާތްތައް

ކުންފުނީގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި ޢިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން، ޔުނިޓް

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން

މަޤާމުގެ މަސްއޫލިއްޔަތު

ވީ.އައި.ޕީއާއި ގެސްޓް ރޫމްތައް ބެލެހެއްޓން.

މަޤާމުގެ ޝަރުޠު

  • ދިވެހިން ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ ހުނަރު/ ޤާބިލްކަން ޘާބިތުކޮށްދިނުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ޘާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީނަށް އަދި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 30 އިންސައްތަ އަށްވުރެމަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ވީ.ވީ.އައި.ޕީ އަދި ވީ.އައި.ޕީ ކޮޓަރިތަކާއި ގެސްޓް ރޫމްތައް ރީތިކޮށް ބެލެހެއްޓން.
  • ވީ.ވީ.އައި.ޕީ އަދި ވީ.އައި.ޕީ ކޮޓަރިތަކާއި ގެސްޓް ރޫމްތައް ހިމެނޭ ސަރަހައްދު ރީތިކޮށް ބެލެހެއްޓުން.
  • ވީ.ވީ.އައި.ޕީ އަދި ވީ.އައި.ޕީ ކޮޓަރިތަކަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނަށް ތަނުގެފަރާތުން ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމާއި، އެ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުން.
  • ގެސްޓް ރޫމްތަކުގައި ތިބޭ ގެސްޓުންނަށް ތަނުގެ ފަރާތުން ކޮށްދޭންޖެހޭ އެންމެހައި ކަންތައް ކޮށްދިނުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

20 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް، ލ.ކައްދު އަށެވެ.

ނޯޓް: މިވަޒީފާތަކަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއޫކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

09 ޖުލައި 2015
ހޯދާ