މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އެގްޒެކެޓިވް (އީ.އެކްސް 1)

މަޤާމު:

ޕްރޮކިއުމަންޓް އެގްޒެކެޓިވް (އީ.އެކްސް 1)

ބޭނުންވާ އަދަދު:

1

މުސާރަ:

8,835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޑިރެކްޓަރ

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޓް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޑް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޑް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޑް އެންވަޔަރަންމަންޓް)ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  • މަޤާމު ގެ މަސައްކަތާ ގުޅޭ ދާއިރާއަކުން(މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޓް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

އިތުރު ތަފުސީލު

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠުތު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނުގެ މަސައްކަތްތައް ރާވާ ހިންގުން.
  • ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަންގެ މުވައްޒަފުން ސުޕަވައިޒްކުރުން އަދި މުވައްޒަފުންގެ ޗުއްޓީ ހަމަޖެއްސުން.
  • ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަންގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް އެކުލަވައިލާ ޕްރޮކިއުމަންޓް ޕޮލިސީ އެގްޒެކެޓިވްގެ ލަފައާއެކު ހުއްދަ ހޯދުން.
  • ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަންގެ އަހަރީ ބަޖެޓް އެކުލަވައިލުން.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނަށް ހުށަހެޅޭ ޕްރޮޖެކްޓްތައް ބީލަމަށް ހުޅުވައިލުމާއި، ބީލަމުގެ އެންމެހައި ކަންތައްތަކެއް ހިންގާ ބެލެހެއްޓުން.
  • ބޭރުގެ އެހީ އާއި ލޯނުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓްތަކުގެ ބީލަމުގެ މަރުހަލާ އެފަރާތްތަކުގެ ކޮންފަރަންސް އާއެކު ކުރިއަށް ގެންދިއުން، މިގޮތުން އެފަރާތްތަކަށް ހުށަހަޅައިގެން ބިޑް ޑޮކިއުމަންޓު ފާސްކުރުމާއި، އިވެލުއޭޝަން ރިޕޯޓު ފާސްކުރުން.
  • ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނުން ބީލަމަށް ހުޅުވާލެވޭ ޕްރޮޖެކްޓްތަކަށް ހުށަހެޅޭ ބިޑް ޑޮކިއުމަންޓްތައް ރައްކާކޮށް ބެލެހެއްޓުން.
  • ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނުން ކުރިއަށްގެންދާ ތަފާތު ބީލަންތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ތަހުޤީގު ކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުން.

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  • ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)
  • މަސައްކަތުގެ ތަކުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 12 )
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %38)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   
  • ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

21 ޖުލައި 2015 (އަންގާރަ) ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ. 

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ