އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
01 ޕްރޮޖެކްޓަރާއި 01 ޕްރޮޖެކްޓަރ ސްކްރީން ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކޮމިޝަނަށް 01  (އެކެއް) ޕްރޮޖެކްޓަރާއި 01 (އެކެއް) ޕްރޮޖެކްޓަރ ސްކްރީން ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު A/IUL/2015/31-ފ123 (14 މޭ 2015) އިޢުލާނާ ގުޅިގެން، އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

14 ޝަޢުބާން 1436

01 ޖޫން 2015
ހޯދާ