ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ޢިމާރާތް ތަޅައި ބިން ސާފުކުރާނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

ދަރުމަވަންތަ ސުކޫލުގެ ޢިމާރާތް ތަޅައި ބިން ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖޫން 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:15 އަށް މި ސްކޫލުގެ އިދާރީއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޝަޢުބާން 1436
 

01 ޖޫން 2015
ހޯދާ