މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސް އިމާމު/ އިމާމު/ މުދިމު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އިސް އިމާމު/ އިމާމު/ މުދިމު

އަތޮޅާއި ރަށް

މާލެއަތޮޅު / ހުރާ

މަޤާމުގެ އަދަދު

1 (އެކެއް)

މަސައްކަތް ކުރާ ތަން

ހުރާގެ މިސްކިތްތަކަށް

 

 

މުސާރަ

މުދިމު (ޖީ. އެސް. 1) 3565.00 ރުފިޔާ

އިމާމު (ޖީ. އެސް. 3) 4465.00 ރުފިޔާ

އިމާމު (ޖީ. އެސް. 4) 5020.00 ރުފިޔާ

އިމާމު (އެމް. އެސް. 1) 5610.00 ރުފިޔާ

އިމާމު (އެމް. އެސް. 2) 6295.00 ރުފިޔާ

އިސް އިމާމު (އެމް. އެސް. 3) 7035.00 ރުފިޔާ

 

 

ސަރވިސް އެލަވަންސް

މުދިމު (ޖީ. އެސް. 1) 1500.00 ރުފިޔާ

އިމާމު (ޖީ. އެސް. 3) 1500.00 ރުފިޔާ

އިމާމު (ޖީ. އެސް. 4) 1500.00 ރުފިޔާ

އިމާމު (އެމް. އެސް. 1) 2000.00 ރުފިޔާ

އިމާމު (އެމް. އެސް. 2) 2000.00 ރުފިޔާ

އިސް އިމާމު (އެމް. އެސް. 3) 2000.00 ރުފިޔާ

 

 

މުދިމު ނުވަތަ އިމާމުގެ ރޭންކާއި ކްލެސިފިކޭޝަން

މުދިމު: ޖީ. އެސް. 1 (އެސިސްޓެންޓް އޮފިސަރ ގްރޭޑް 1)

އިމާމު: ޖީ. އެސް. 3 (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

އިމާމު: ޖީ. އެސް. 4 (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

އިމާމު: އެމް. އެސް. 1 (ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

އިމާމު: އެމް.އެސް. 2 (ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

އިސް އިމާމު: އެމް. އެސް. 3 (ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

ސެކްޝަން

ހުރާ ކައުންސިލް އިދާރާ / އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

އެހެނިހެން އެލަވަންސް

ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ދެވޭނެއެވެ.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

  • ރަށު  ކައުންސިލްގެ  އިދާރާއިން  ހަވާލުކުރާ  މިސްކިތެއްގައި  ފަރުޟު ފަސްނަމާދު،  ކޮންމެ  ނަމާދުވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • މިސްކިތަށް  ލިބެމުންދާ  ގެއްލުންތަކާއި،  ދަތިވާ  ކޮންމެކަމެއް  ކައުންސިލްގެ  އިދާރާއަށް  އަންގައި،  އެކަން ރަނގަޅުކުރެވޭތޯ  ބެލުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، ކައުންސިލްގެ އިދާރާއަށް އަންގައިގެން އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން.
  • ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި،  ކޭތަ ނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދު އިމާމުވެ ކުރުން.
  • މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދާއި ކަށުނަމަދުކުރުން.
  • މިސްކިތުގެ މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާގޮތް ބަލައި، ކައުންސިލުން އަންގާގޮތެއްގެމަތިން އެމީހުންލައްވާ މަސައްކަތް ކުރުވުން.
  • މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތު އިމާމު، މިސްކިތްތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެންދަމުން ބޮކި، ހޮޅިބުރި، ފަންކާ ފަދަ ތަކެތި ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.
  • މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިނގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  • މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.
  • މިސްކިތާބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި، އެ ޝަކުވާތައް ކައުންސިލަށް ހުށަހަޅައިގެން އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން.
  • ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠުތައް

 

މުދިމު: ޖީ. އެސް. 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

އިމާމު: ޖީ. އެސް. 3

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު: ޖީ. އެސް. 4

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު: އެމް. އެސް. 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގައި ޖީ. އެސް. 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިމާމު: އެމް. އެސް. 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިސް އިމާމު: އެމް. އެސް. 3

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިމާމުގެ މަޤާމުގެ އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެޕްލިކޭޝަން ފޮނުވަންވީ

ތާރީޚު

2015 މޭ 19 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ) އަށެވެ.

އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، އިމްތިޙާނުކުރުން

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ، 2015 މޭ 20 ވަނަ ދުވަހު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން

މުދިމުކަމުގެ މަޤާމަށް މީހަކު ހޮވުމުގައި، ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، މުދިމްކަމުގެ މަޤާމަށް މީހަކު ހޮވާނީ، މުދިމްކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެގިނަ ޕޮއިންޓުލިބޭ ފަރާތެކެވެ.

 

 

ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒިފާއަށް އެދި ހުށަހަޅާ ސިޓީ / ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. އައިޑީ ކާޑުގެ  ކޮޕީއެއް (ކިޔަން އެނގޭ)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރިޑެޓްކޮށްފައިވާ ކޮޕީ (އަސްލާއެކު)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަޒިފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢްތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640074 ފޯނު ނުވަތަ 7752778 ފޯނާއެވެ. ފެކްސް ނަންބަރަކީ 6640074 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 15 ރަޖަބު 1436

04 މޭ 2015
ހޯދާ