މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު އިމާމު

އިޢުލާން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއަށް މިސްކިތު އިމާމަކު ބޭނުންވާތީ، އެމަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: މިސްކިތު އިމާމް

މަޤާމުގެ ކްލެފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަސައްކަތް ކުރަންޖެހޭ ތަން: މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ މިސްކިތްތަކުގެ ތެރެއިން އެ އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި.

މުސާރަ: 5,020.00 ރުފިޔާ

ސަރވިސް އެލަވަންސް: 1,500.00 ރުފިޔާ

އޮފީސް / އިދާރާ: މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

ސެކްޝަން: އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

1. މިސްކިތު އިމާމުގެ މަޤާމުގައި ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛

3. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެމަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ:

ރަށު ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދަށް، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގިގޮވައި އިމާމުވެ ނަމާދުކުރުމާއި، ރަށު ކައުންސިލްގެ އިދާރާއިން އަންގައިފި ހިދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރު ނަމާދާއި، ތަރާވީޙު ނަމާދު އިމާމުވެ ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައްކުރުމާއި، އިމާމުވެ ކަށުނަމާދު ކުރުމާއި، މިސްކިތު މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަމެއްވާނަމަ، އިޞްލާހުކުރުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ބޭނުންވާ ސިފަތަކައް.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު ކަނޑައަޅައި، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް، ކައުންސިލްގެ އިދާރާއިން އެކަން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށް،  2015 މެއި 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އުޖޫރަ ކަނޑައެޅިފައިވާ ގޮތް:

- މަޤާމުގެ އަސާސީ މުސާރަ

- މަޤާމް ހިމެނޭ ޚިދުމަތުގެ ދާއިރާއާ ގުޅިގެން ދެވޭ "ސަރވިސް އެލަވަންސް"

- ވަޒީފާ އަދާކުރާ ޙާލަތަށް ބިނާކޮށްދެވޭ އެހެނިހެން ޢިނާޔަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތައް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލު)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6641941 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6641941 އެވެ. އީމެއިލް ކުރާނީ [email protected]. އަށެވެ.

15 ރަޖަބު 1436

04 މޭ 2015
ހޯދާ