ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 9,124.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

ސްޕައިން ޕޮއިންޓް:

32

ގްރޭޑް:

06

މަޤާމުގެ ޝަރުޠު:

 

  •  އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ލެވެލް 7 ގެ ބެޗެލަރ ޑިގްރީއަށްފަހު، ދަސްވެފައިވާ ތިއަރީތަކާއި އުޞޫލުތައް ކޮންސޮލިޑޭޓްކޮށް ފުރިހަމަކުރުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަހުގެ، މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  2. ލެވެލް 5/6 ގެ ޑިޕްލޮމާއެއް ހޯދުމަށްފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި ޢިލްމުގެ، މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއެކު، އެ މުވައްޒަފުންގެ ވަޒީފާބަޔާންގައި ސޮއިކުރެވިފަވޭތޯ ބަލައި، އެ މުވައްޒަފުންގެ ވާޖިބުތައް ފުރިހަމައަށް އަދާކުރޭތޯ ބެލުމާއި، އިދާރީ ކަންކަމުގައި ހެދިފައިވާ އުޞޫލްތައް ދެމެހެއްޓުން.
  • ފަންނީ މުވައްޒަފުންގެ ވަޒީފާބަޔާންގައި ސޮއިކުރެވިފައިވޭތޯ ޗެކުކުރުމާއި، ވަޒީފާ ބަޔާން ހަވާލުކުރެވިފައިނުވާ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ސޮއިކުރުވުމުގެ ކަންތައް، އިދާރީ މަރުކަޒުގެ ކަމާބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށްގެންދިޔުން.
  • ފެކަލްޓީގެ މަސައްކަތްތައް/ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް، ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
  • ފެކަލްޓީގެ ޢިމާރާތައް ކުނިކަހައި ފޮޅައި ސާފުކުރުމުގެ ކަންތައް އިންތިޒާމުކޮށް، އެރޭވުމާ އެއްގޮތަށް ކަންކުރޭތޯ ޗެކުކުރުން.
  • ފެކަލްޓީގެ ދަރިވަރުން / މުވައްޒަފުން ކުރަންޖެހޭ ދަތުރުތަކުގެ ކަންތައްތައް، މަރުކަޒީ އިދާރާޔާ ގުޅައިގެން ކުރިޔަށް ގެންދިޔުން.
  • އިންވެންޓްރީ / ސްޓޮކް ޤަވާޢިދުން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ފެކަލްޓީގެ ޢިމާރާތްތަކުގެ މެއިންޓަނަންސް ކަންތައްތައް އިންތިޒާމުކުރުމާއި، ފެކަލްޓީން ގެއްލޭ ތަކެއްޗާއި މުދަލަށް ވާނުވާގޮތް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ފެކަލްޓީގެ ކުރިއެރުމަށް ނުވަތަ ދުވަހީ އިންތިޒާމުތައް ކޮށްދިނުމާއި، އިމްތިޙާންތަކަށް ހޯލް / ކިލާސްރޫމްފަދަ ތަންތަން  ތައްޔާރުކުރުމުގެ ކަންތައް ހަމަޖެއްސުމާއި، އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން.
  • ފެކަލްޓީގެ ބަޖެޓް ތައްޔާރުކުރުމަށް އިދާރީ މަރުކަޒަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، ބަޖެޓުން ކުރެވޭ ޚަރަދުތައް އިދާރީ މަރުކަޒުގެ ކަމާބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށް ގެންދިޔުން.

    މުވައްޒަފުގެ ކަންތައްތައް ބެލެހެއްޓުން

  • ނޯޓް: މަތީގައިވާ އެންމެހައި ކަންތައްތައް ކުރަންވާނީ ޑީން/ތަން ހިންގެވުމާ ހަވާލުކުރެވިފައިވާ ބޭފުޅެއްގެ މަޝްވަރާގެ މަތިންނެވެ.

   ވަސީލަތްތައް ހޯދައި ބެލެހެއްޓުން

  • ފެކަލްޓީގެ ތަކެތި ބޭނުންކުރުމުގައި ވީހައިވެސް ބޮޑަށް އިސްރާފު ކުޑަގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމާއި، ދެވޭ ޚިދުމަތް ދިނުމުގައި ދެމިހުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚް:   

2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  

18 ރަޖަބު 1436

07 މޭ 2015
ހޯދާ