އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސެނިޓަރީ އެސިސްޓެންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ސެނިޓަރީ އެސިސްޓެންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 1، އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/3,565 ރުފިޔާ                            
  • ސަރވިސް އެލަވަންސް: -/1,500 ރުފިޔާ
  • އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35
  • އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ/ ވޯޓަރ އެންޑް ސެނިޓޭޝަން ސެކްޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  • ފެނާއި ނަރުދަމާ އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ހެދިގޮނޑުދޮށާއި ޓްރެކްސަރަހައްދުގެ ލޮނު ސާމްޕަލް ކުރުމާއި ކުރެވޭ ސާމްޕަލްތައް އޮފީސް ލެބޯޓްރީގައި ނުވަތަ ޕަބްލިކް ހެލްތު ލެބޯރަޓަރީއަށް ފޮނުވައިގެން ޓެސްޓްކޮށް ނަތީޖާ ހޯދުން.
  • ރޭވިފައިވާ ގޮތުގެ މަތިން ހުޅުމާލެ އާއި ވިލިނގިލީގެ ކަނޑައެޅިފައިވާ ޕޮއިންޓްތަކުން ފެންސާމްޕަލް ކުރުމާއި އޮފީސްލެބޯޓްރީގައި ނުވަތަ ޕަބްލިކް ހެލްތު ލެބޯޓަރީއަށް ފޮނުވައިގެން ޓެސްޓް ކޮށް ނަތީޖާ ހޯދުން.
  • އަތޮޅުތަކުގައި ކުރެވޭ ފެނުގެ ތަޙުލީލު ތަކަށް ބޭނުންވާ ކެމިކަލްތަކާއި އިކުއިޕްމެންޓް ރައްކާތެރިކަމާއެކު ގެންގޮސް ގެނައުން.
  • މާލެއާއި އަތޮޅުތެރޭގައި ކުރެވޭ ސާރވޭތަކަށް ސައިޓަށް ގެންދާ އިކްއިޕްމަންޓްތައް އަނބުރާ އޮފީހަށް ގެނެސް ދޮވެ ސާފުކޮށް ރައްކާތެރިކަމާއެކު ލެބޯރަޓަރީއަށް ވެއްދުން.
  • އަތޮޅުތަކުގައި ފެންތަހުލީލު ކުރުމަށް ކުރެވޭ ދިރާސާ ތަކާއި ސަރވޭތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މިއެޖެންސީއިން ރަށްރަށުގައި ހިންގާ ފެނާބެހޭ މަޝްރޫޢުތަކުގައި ޢަމަލީގޮތުން ބައިވެރިވުން
  • މި އޭޖެންސީ އިން އަންގާ ގޮތެއްގެ މަތިން މާލެއާއި ރާއްޖެތެރޭގެ އެކި ސަރަހައްދުތަކުން ފެންސާމްޕަލްކޮށް އޮފީސް ލެބޯޓްރީގައި ނުވަތަ ޕަބްލިކްހެލްތު ލެބޯރަޓަރީއަށް ފޮނުވައިގެން ތަހުލީލު ކުރުން.
  • ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ގަވަޢިދުގެ ދަށުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ގަވައިދާ ޚިލާފަށް އެފަދަ މަސައްކަތް ކުރަމުންދޭތޯ ބެލުމާއި ހުއްދަ ދެވިފައިވާ ތަންތަން ދެވިފައިވާ މުއްދަތަށް ނިންމާތޯ ބެލުމާއި ގަވައިދާ އެއްގޮތަށް ކުރެވޭތޯ ބެލުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އެޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • ދިވެހި ބަހާއި، އިނގިރޭސި ބަހުން މުއާމަލާތުކުރުމަށް އެނގުމާއެކު، ފަރިތަކަމާއެކު ސިޓީފަދަތަކެތި ލިޔަން ދަންނަ ފަރާތަކަށް ވުން.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  • މި ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދިނުން.
  • ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއެޖެންސީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10ށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 5 މޭ 2015 ވާ އަންގާރަދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް،
  • މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

07 ރަޖަބު 1436

25 އޭޕްރިލް 2015
ހޯދާ