މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެކްސްޓެންޝަން އިމާރާތުގެ ކުރެހުންތަކާއި ބިލްއޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހެދުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL 23-AP/1/2015/73ފ(26 މާރިޗު 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލުކޮށް، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހެދުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 05 ވާ އަންގާރަ ދުވަހުގެ 10:00އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 10 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ރަޖަބު 1436       

28 އޭޕްރިލް 2015
ހޯދާ