ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދ. މާއެނބޫދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތާ ގުޅޭ

ދ. މާއެނބޫދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތާގުޅޭ

މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނާފައިވާ ދ. މާއެނބޫދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ދ. މާއެނބޫދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ދ. މާއެނބޫދޫ ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ދ. މާއެނބޫދޫ ކައުންސިލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015
ހޯދާ