މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ޗެކްރިޕަބްލިކަށް ފަރުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމާބެހޭ

ދިވެހިރާއްޖެއިން ޗެކްރިޕަބްލިކަށް ފަރުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމާބެހޭ

ދިވެހިރާއްޖެއިން ޗެކްރިޕަބްލިކަށް އެކްސްޕޯޓްކުރާ ފަރުމަހުގެ ބާވަތްތަކަށް ސިގުއަޓެރާ ޓެސްޓް ހަދަން ނުޖެހޭނެކަމަށް އެޤައުމުގެ ސްޓޭޓް ވެޓެރިނަރީ އެޑްމިނިސްޓްރޭޝަނުން މިއޮތޯރިޓީއަށް އަންގަވާފައިވާތީ، ދިވެހިރާއްޖެއިން ޗެކްރިޕަބްލިކަށް އެކްސްޕޯޓްކުރާ ފަރުމަހުގެ ބާވަތްތަކަށް ހެލްތު ސެޓުފިކެޓު ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ޗެކްރިޕަބްލިކަށް ފަރުމަސް އެކްސްޕޯޓްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ހެލްތު ސެޓުފިކެޓު ދޫކުރުމުގެ އިންތިޒާމު މިއަދުން ފެށިގެން ހެލްތު ސެޓުފިކެޓު ދޫކުރުމުގެ އުސޫލުތަކާ އެއްގޮތަށް އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަ މިއޮތޯރިޓީގެ ހެލްތު ސެޓްފިކޭޝަން ޔުނިޓްގައި ހަމަޖެހިފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014303 އިން ލިބިވަޑައިގަންނަވާނެކަމުގައިވެސް ދަންނަވަމެވެ.

16 އޭޕްރިލް 2015
ހޯދާ