ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

27  އެޕްރީލް  2014 ގައި  ކޮށްފައިވާ  IUL)VAH/2014/1) ނަންބަރުގެ  އިޢުލާނުގައި، ސަރުކާރު  ބަންދު  ދުވަސްތައް ނުހިމަނައި  އިޢުލާނުގެ  މުއްދަތަށް 7 ދުވަސް ދީފައިނުވާތީ، އެ އިޢުލާނަށް ވަޒީފާ ހަމަޖައްސަވައި ނުދެއްވޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާތީ، އެ އިޢުލާން  ބާޠިލްކޮށް،  އަލުން  އިޢުލާން  ކުރަމެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

މުސާރަ

މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ސެކްޝަން

ވ. އަތޮޅު ހޮސްޕިޓަލް

 

މަޤާމުގެ އަސާސީ ޝަރުޠު

- އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މައްދާއަކުން ދަށްވެގެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ހޮސްޕިޓަލުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްކޮށް ކުރަމުންގެންދިއުމާއި، ދަށުން މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް  އިންތިޒާމުކޮށް ކުރުން.

2. ސަރުކާރުގެ އެކިއެކި ފަރާތްތަކާއި އަމިއްލަ ފަރާތްތަކުން ލިބޭ ސިޓީ މެސެޖްފަދަ ތަކެއްޗަށް ޖަވާބުދިނުން.

3. ސެކްރެޓަރީން ފެށިގެން ދަށުގެ މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ގަވާއިދުން ކުރެވެމުންދޭތޯ ބަލައި، ސްޕަވައިޒްކޮށް، ރަނގަޅުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ރަނގަޅުކުރުވުން.

4. ހޮސްޕިޓަލުން ކުރަންޖެހޭ އިޢުލާނުތައް ކުރުމާއި، އެކަންކަމާ ގުޅޭ މަޢުލޫމާތު ޝީޓްތައް ތައްޔާރުކުރުމާއި، އެކަމާ ގުޅިގެން ހިންގަންޖެހޭ  އެންމެހައި ކަންކަން ކުރަމުންގެން ދިއުން (މުވައްޒަފުންނާބެހޭ އަދި މަރާމާތުތަކާބެހޭ)

5 އިދާރީ މުވައްޒަފު ނެތިއްޖެ ހިނދެއްގައި، އެ މަސައްކަތާ ހަވާލުވެ، ކުރަމުން ގެންދިއުން.

6. މުވައްޒަފުންނަށް އަންގާ އެންގުމާއި، ދެންނެވުން، އިލްތިމާސްތައް އަންގަމުން ގެންދިއުން.

7. ވަޒީފާއާބެހޭ އެންމެހައި ކަންތައްތައް ކުރަމުންގެން ދިއުން. މީގެތެރޭގައި ވަޒީފާތަކަށް މީހުން ލެއްވުމާއި، ކުރިއެރުން ހޯދައިދިނުމާއި،  ފިޔަވަޅު އެޅުމާއި، ވަޒީފާއިން ވަކިކުރުމުގެގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްކަތެއް، ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ވެރިއެއްގެ ލަފަޔާ އެއްގޮތަށް ކުރަމުން ގެންދިއުން.

8. މުވައްޒަފުންގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. (އުނިއިތުރާއި، އައިބަދަލުތަކާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

 2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ވ. އަތޮޅު ހޮސްޕިޓަލަށް.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6700029 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމް މި ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ