އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ހޯދުން

އައްޑޫސިޓީގެ ހިތަދޫ ރުއްޖެހެރެ އާއި ހުޅުމީދޫ ކުނިކޮށީގެ މަސައްކަތަށް ބިދޭސީން ހޯދުން

އައްޑޫސިޓީގެ ހިތަދޫ ރުއްޖެހެރެ އާއި ހުޅުމީދޫ އަވަށުގައި ޤާއިމުކޮށްފައިވާ ކުނިކޮށީގެ މަސައްކަތްތަކަށް ބީދޭސީން ގެނަސްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.  

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 އެޕްރީލް 2015 ވާ އާދީއްތަަ ދުވަހުގެ 14:00 ގައި މިި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އެޕްރީލް 2015 ވާ އާދީއްތަަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކައާއި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

9 ޖުމާދަލްއާޚިރާ 1436

29 މާރިޗު 2015
ހޯދާ