އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީޑިއާ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުސަތު:

މަޤާމު

މީޑިއާ އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: އެމް. އެސް. 2

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ނަންބަރު: 229246

މުސާރަ

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 30 އެޕްރީލް 2016 ގެ ނިޔަލަށް

އެލަވަންސްތަކާއި ޢިނާޔަތްތައް

އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ "ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު" ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ މީޑިއާ އެންޑް އައިޓީ ޔުނިޓުން މީޑިއާއަށް މައުލޫމާތު ދިނުމާއި، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ދާއިރާގައި ކުރަންޖެހޭ މަސައްކަތް ހިންގައި ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސަައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަދާކުރަންޖެހޭތަން

އައްޑޫސިޓީ ކައުންސިލްގެ އިދާރާ / ސ. ހިތަދޫ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު:

އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިއުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.)
  2.  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ (ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީ.
  3. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ، އެކްރެޑިޓްކޮށްފައިވާ ލިޔުންތައް (ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅަންވާނެ.)
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް (މި އިދާރާގެ މުވައްޒަފުން މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީންކުރުމާއި ޝޯޓް ލިސްޓް ކުރުން:

ވަޒީފާއަށް  ކުރިމަތިލާ  ފަރާތްތައް  ސްކްރީންކުރުމާއެކު،  މަޤާމަށް  އެދޭ  ޝަރުޠުހަމަވާ  ފަރާތްތަކުގެ  އަދަދު 10 އަށްވުރެ ގިނަނަމަ،  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލޭނެ ކަންތައްތަކަކީ:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން

ސުންގަޑި:

2015 އެޕްރީލް 9 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ 6885003 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015
ހޯދާ