ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2015-2016 ވަނަ އަހަރަށް އެސް.ޓީ.އޯ.ގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މިމަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައްކަމުގައި ޑިރެކްޓަރުންގެ ބޯޑުން ފާސްކުރެއްވި ފަރާތްތަކާބެހޭ މަޢުލޫމާތު.

2016-2015 ވަނަ އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މިމަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައްކަމުގައި ޑިރެކްޓަރުންގެ ބޯޑުން ފާސްކުރެއްވި ފަރާތްތަކާބެހޭ މަޢުލޫމާތު

2016-2015 ވަނަ އަހަރަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 5 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. 12 ޖަނަވަރީ 2015 ގައި ހުޅުވާލެވުނު މިފުރުޞަތު ހަމަވީ 03 ފެބުރުވަރީ 2015 އަށެވެ. އެގޮތުން މިމަޤާމަށް ނަން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުނީގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ވަޒަންކުރެއްވުމަށްފަހު، މިމަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައްކަމުގައި ބޯޑަށް ހުށަހެޅުނު ފަރާތްތައް ވަނީ ބޯޑުން ފާސްކުރައްވާފައެވެ. އެގޮތުން ފާސްކުރެވުނު ފަރާތްތަކާއި އެފަރާތްތަކުގެ ނަންތައް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 1.3 (e) ގެ ދަށުން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

ކެންޑިޑޭޓް ނަންބަރު 1 – އަލްފާޟިލް މުޙައްމަދު ފަރުޞަތު / ހ.ޓޫހާރޓްސް

ތަޢުލީމީ ފެންވަރު

އަލްފާޟިލް މުޙައްމަދު ފަރުޞަތު މަތީ ތަޢުލީމު ހާސިލުކުރައްވާފައިވަނީ ޓުއަރިޒަމް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އައިޓީގެ ދާއިރާއިންނެވެ. އެގޮތުން ހާސިލުކުރައްވާފައިވާ ސަނަދުތަކަކީ؛

  • އެގްޒެކެޓިވް ޑިޕްލޮމާ އިން ޑައިރެކްޓަރޝިޕްގެ ހުރިހާ މޮޑިއުލެއް ވަނީ ފުރިހަމަކުރައްވާފައި -ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ، ސިންގަޕޯރ (ސެޓްފިކޭޓް އަދި ނުލިބޭ) (2014)
  • ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ސަރޓިފިކޭޓް - އިންްސްޓިޓިއުޓް އޮފް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް، ދިވެހިރާއްޖެ (2014)
  • މާސްޓަރސް އިން ޓޫރިޒަމް މެނޭޖްމަންޓު – ޔުނިވަރސިޓީ އޮފް ވެސްޓްމިނިސްޓަރ، ޔޫކޭ (2006)
  • ބީއޭ (އޮނާސް) އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން - ޔުނިވަރސިޓީ އޮފް ނޮދަމްބްރިއާ، ޔޫކޭ (2005)
  • ޑިޕްލޮމާ އޮފް ހަޔަރ އެޑިއުކޭޝަން – މިޑަލްސެކްސް ޔުނިވަރސިޓީ، ޔޫކޭ (2004)
  • ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ – ޔުނިވަރސިޓީ އޮފް ވޮލޮންގޮންގ، އޮސްޓްރޭލިޔާ (2001)

މީގެ އިތުރުން އޭނާ ވަނީ ލީޑަރޝިޕް، ކްރިޓިކަލް ތިންކިންގ އެންޑް އިނޮވޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ފައިނޭންސް ފޯ ނޮން ފައިނޭންސް މެނޭޖަރސް އަދި އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިނިންގ ޕްރޮގްރާމް ފަދަ ގިނަ ކުރު ކޯސްތަކެއް ފުރިހަމަކުރައްވާފައެވެ.

ތަޖުރިބާ

  • މިހާރު ވަޒީފާ އަދާކުރައްވަމުން ދަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި
  • 2009-2013 ވަނަ އަހަރަށް ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރކަން އަދި ފައިނޭންޝަލް ކޮންޓްރޯލަރކަން އަދާކުރައްވާފައިވޭ
  • 2006-2009 އަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިިލް އޭވިއޭޝަންގައި އެސިސްޓަންޓް ޑައިރެކްޓަރގެ މަޤާމު އަދާކުރައްވާފައިވޭ
  • 2012-2014 އެސްޓީއޯގެ ބޯޑު ޑިރެކްޓަރކަން އަދާކުރައްވާފައިވޭ
  • 2011-2012 އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރކަން އަދާކުރައްވާފައިވޭ
  • 2009-2013 އަށް ޑޫބިޒް ޕްރައިވެޓް ލިމިޓެޑްގައި ޑިރެކްޓަރކަން އަދާކުރައްވާފައިވޭ

އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން

އެފަދަކަމެއް ނެތް

އެސްޓީއޯގައިވާ ހިއްސާގެ އަދަދު

50 ހިއްސާ

ކެންޑިޑޭޓް ނަންބަރު 2 – އަލްފާޟިލް އިބްރާހީމް ލަޠީފު / ލީބިޔާގެ، ޏ.ފުވައްމުލައް

ތަޢުލީމީ ފެންވަރު

އަލްފާޟިލް އިބްރާހީމް ލަޠީފު މަތީ ތަޢުލީމު ހާސިލުކުރައްވާފައިވަނީ މާކެޓިންގ އެންޑް ރިސަރޗްގެ ދާއިރާއިންނެވެ. އެގޮތުން ހާސިލުކުރައްވާފައިވާ ސަނަދުތަކަކީ؛

  • ބީއޭ (އޮަނަރސް) އިން މާކެޓިން – ޔުނިވަރސިޓީ އޮފް ހަރޓްފޯޑްޝަޔަރ، ޔޫކޭ (2004)
  • ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގގެ ފުރިހަމަ މެމްބަރެއް (2014)
  • ކޯޕަރޭޓް ގަވަރނަންސް އެންޑް ބޯޑު ލީޑަރޝިޕް – އިންޓަރގްރޭޓަޑް ލަރނިންގ ސޮލިއުޝަން، ސްރީލަންކާ (2014)

މީގެ އިތުރުން އޭނާ ވަނީ އިސްލާމިކް ފައިނޭންސިންގ، ކުއަލިޓީ މެނޭޖްމަންޓް، ބްރޭންޑިންގ އެންޑް ޕޮޒިޝަނިންގ އަދި ހޮސްޕިޓަލިޓީ އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ގިނަ ކުރު ކޯސްތައް ފުރިހަމަކުރައްވާފައެވެ.

ތަޖުރިބާ

  • މިހާރު ވަޒީފާ އަދާކުރައްވަމުން ދަނީ އެމްޓީސީސީގެ ޑޮކިންގ، ރިޕެއަރ އެންޑް މެއިންޓެނަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރގެ ގޮތުގައި
  • 2014-2010 އަށް އެމްޓީސީސީގެ އެގްޒެކެޓިވްކަން އަދާކުރައްވާފައިވޭ
  • 2013-2011 އަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ލެކްޗަރަރކަން އަދާކުރައްވާފައިވޭ

މީގެ އިތުރުން އޭނާ ވަނީ އެމްޓީސީސީގެ އެކައުންޓްސް ޓްރެއިނީ، އެސިސްޓަންޓު މާކެޓިންގ އޮފިސަރ، ސީނިއަރ މާކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ ފަދަ ގިނަ ވަޒީފާތަކެއް އަދާކުރައްވާފައެވެ.

އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން

އެފަދަކަމެއް ނެތް

އެސްޓީއޯގައިވާ ހިއްސާގެ އަދަދު

1 ހިއްސާ

ކެންޑިޑޭޓް ނަންބަރު 3 – ޑރ. އަޙްމަދު ރަނޭޝް / މއ.ބޯޅަޖެހިގެ

ތަޢުލީމީ ފެންވަރު

ޑރ. އަޙްމަދު ރަނޭޝް މަތީ ތަޢުލީމު ހާސިލުކުރައްވާފައިވަނީ ޕްރޮޖެކްޓު މެނޭޖްމަންޓް، އިންޖިނިއަރިންގ، ރިސްކު އެންޑް ވެލިއު މެނޭޖްމަންޓް، ޗޭންޖު ޕްލޭނިންގ އަދި ސްޓްރެޓީޖިކް ޕްލޭނިންގ ފަދަ ދާއިރާތަކުންނެވެ. އެގޮތުން ހާސިލުކުރައްވާފައިވާ ސަނަދުތަކަކީ؛

  • ޑޮކްޓަރ އޮފް ޕްރޮޖެކްޓް މެނޭޖްމަންޓް – ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިޔާ، އޮސްޓްރޭލިޔާ (2014)
  • މާސްޓަރ އޮފް އިންޖިނިއަރިންގ ޕްރޮޖެކްޓް މެނޭޖްމަންޓް – ޔުނިވަރސިޓީ އޮފް މެލްބަރން، އޮސްޓްރޭލިޔާ (2006)
  • ޑިޕްލޮމާ އިން ސަސްޓޭނަބަލް ވޯޓަރ މެނޭޖްމަންޓް –އަޕްސަލާ ޔުނިވަރސިޓީ، ސްވިޑަން (2004)
  • ބެޗްލަރ އޮފް ސައެންސް އިން މެކޭނިކަލް އިންޖިނިއަރިންގ (ފަސްޓް ކްލާސް) – އިސްލާމިކް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ބަނގުލަދޭޝް (1999)
  • ޕްރޮޖެކްޓް މެނޭޖްމަންޓް އިންސްޓިޓިއުޓްގެ މެމްބަރެއް (2008 އިން ފެށިގެން)
  • އެމެރިކަން ސޮސައިޓީ އޮފް މެކޭނިކަލް އިންޖިނިއަރސްގެ މެމްބަރެއް (2010-1999)
  • ރޮޓަރަރީ އިންޓަރނެޝަންލްގެ މެމްބަރެއް (2011 އިން ފެށިގެން)

ތަޖުރިބާ

  • 2014 ވަނަ އަހަރުން ފެށިގެން މިހާރު އަދާކުރައްވަމުން ދަނީ މެރިންގ އިނޮވޭޝަންސް ޕްރައިވަޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރކަން އަދި 2010 ވަނަ އަހަރުން ފެށިގެން ހެވީ ފޯރސް ޕްރައިވަޓް ލިމިޓެޑްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓުކަން
  • 2010-2009 އަށް އެމްޓީސީސީގެ ޑެޕިއުޓީ ޑިރެކްޓަރކަން އަދާކުރައްވާފައިވޭ
  • 2009-2006 އަށް އެމްޓީސީސީގެ ސީނިއަރ އިންޖިނިއަރކަން އަދާކުރައްވާފައިވޭ

އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން

އެފަދަކަމެއް ނެތް

އެސްޓީއޯގައިވާ ހިއްސާގެ އަދަދު

836 ހިއްސާ

ކެނޑިޑޭޓް ނަންބަރު 4 – އަލްފާޟިލާ ޢާއިޝަތު ޙުސައިން މަނިކު / ހ.ރީނދޫކޮކާގެ

ތަޢުލީމީ ފެންވަރު

އަލްފާޟިލާ ޢާއިޝަތު ޙުސައިން މަނިކު ހާސިލުކުރައްވާފައިވާ ސަނަދުތަކަކީ؛

  • ސެކަންޑަރީ ސްކޫލް އެޑިޔުކޭޝަން ފުރިހަމަކުރައްވާފައިވޭ
  • ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ސެޓުފިކެޓު - އިންްސްޓިޓިއުޓް އޮފް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް، ދިވެހިރާއްޖެ (2014)
  • ސަރޓިފިކޭޓް އިން ޖަޕަނީޒް ލެންގުއޭޖުން ޕްރޮފެޝަންސީ – އެސޯސިއޭޝަން އޮފް އިންޓަރނެޝަނަލް އެޑިޔުކޭޝަން، ޖަޕާން (1996)
  • އަރަބިކް ލެންގުއޭޖުން ޑިޕްލޮމާ އަދި މަދީނާ ޔުނިވަރސިޓީއިން ޢަރަބިކް ހަޔަރ ޑިޕްލޮމާ ހައްދަވާފައިވޭ
  • ދިވެހި ބަހުގެ ޑިިގްރީ ކޯހުގައި ބައިވެރިވެފައިވޭ
  • ޤިރާއަތުގެ އެޑްވާންސް ސެޓުފިކެޓު – ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން، ދިވެހިރާއްޖެ (2012)

މީގެ އިތުރުން، ދިވެހި ބަސް، ކޮމްޕިއުޓަރ ސްކިލްސް، ޓްރެއިނިންގ ފޯ ޓްރެއިނަރސް އޮފް ޔޫތު، ސްޕޯރޓްސް ނިއުޓްރިޝަން، ސީނިއަރ ގަވަރމަންޓް ކޮމިއުނިޓީ ލީޑަރސް އަދި ވިމަން އެމްޕަވަރމަންޓު ފަދަ ދާއިރާތަކުންކުރު ކޯސްތައް ފުރިހަމަކުރައްވާފައިވެއެވެ.

މީގެ އިތުރުން، އަލްފާޟިލާ ޢާއިޝަތު ޙުސައިން މަނިކު ވަނީ ތަފާތު އެކި ދާއިރާތަކުން 21 ޤައުމީ އިނާމު ހާސިލުކުރައްވާފައެވެ.

ތަޖުރިބާ

  • 2013-2012 އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރކަން ކުރައްވާފައިވޭ
  • ސްޓައިލް ޗެލަންޖު ބިއުޓީ ސެލާން އެންޑް ސްޕާ މެޑިކަލްގެ ޗެއަރޕަރސަންކަން ކުރުން
  • ވާހަކަ ފޮތް، ޅެން ފޮތް އަދި މިނޫންވެސް ފޮތްތައް ލިޔެ، ޕަބްލިޝްކުރައްވާފައިވޭ
  • އާއިލާތަކާއި ސްކޫލް ކުދިންނަށް ކައުންސިލިންގ ދިނުން
  • ލެންގުއޭޖް، ހެއަރ އެންޑު ބިއުޓީ އަދި މަސާޖް ތެރަޕީ ކިޔަވައިދިނުން
  • ލަގޫނާ ބީޗް ޓުއަރިސްޓް ރިސޯޓްގައި މަސައްކަތްކުރުން
  • ޒެޑްއެސްއެސް ޕްރައިވަޓް ލިމިޓެޑްގައި 2001-1998 އަށް މަސައްކަތްކުރުން

އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާ ތައާރުޒުވާ މެޓީރިއަލް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ އެކަން

އެފަދަކަމެއް ނެތް

އެސްޓީއޯގައިވާ ހިއްސާގެ އަދަދު

5 ހިއްސާ

ވޯޓު ދިނުމަށް ހަމަޖެހިފައިވާ ގޮތް

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެހެން ގޮތަކަށް ކަނޑަ ނާޅާހިނދު ވޯޓުދޭނީ އަތް އުފުލައިގެންނެވެ. މިހެންވޯޓު ދޭނަމަ، ކޮންމެ މެމްބަރަކަށް ވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސުލްމާލުގެ ހިއްސާގެ ތަމްސީލު ކުރާ މެމްބަރުން އެދިއްޖެނަމަ ޕޯލްގެ އުސޫލުން ވޯޓުނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެމްބަރަކަށްވެސް އެމެމްބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް އެއްވޯޓު ދެވޭނެއެވެ.

ހަމަ މިގަވާއިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން، ނެގޭ ވޯޓު އެއްވަރުވެއްޖެނަމަ، މެމްބަރެއްގެ ހައިސިއްޔަތުން ޗެއާމަންދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަން އަށްދެވިދާނެއެވެ.

އަދި މިފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމް އަކަށް ނެގޭވޯޓުގެ ޞައްޙަ ކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

އަހަރީ ޢާންމު ޖަލްސާގައި "ވޯޓުދިނުމާއި ގުނުމާބެހޭ ގަވާއިދު" މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މިކަންކަން ކުންފުނީގެ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އެންގީމެވެ.

 

16 މާރިޗު 2015
ހޯދާ