ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ޞިނާޢީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން.

ގދ.ވާދޫ ސިނާއީ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުން

މިރަށު ޞިނާޢީ ސަރަޙައްދުން (ބަނދަރު ސަރަޙައްދު، ހުޅަނގުފަރާތް) އެކިއެކި މަސައްކަތްކުރުމަށާއި، ޢާންމު ވިޔަފާރިތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ދެންނެވި ސަރަޙައްދުން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރު ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަންބަރު 6840005 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

17 މާރިޗު 2015
ހޯދާ