އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރ. އަލިފުށީ ކައުންސިލްގެ ބައި-އިލެކްޝަން

ރ. އަލިފުށީ ކައުންސިލްގެ ބައި-އިލެކްޝަން

2015 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރ. އަލިފުށީ ކައުންސިލްގެ ބައި-އިލެކްޝަނަށް އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2015 މާރިޗު 8 އިން 2015 މާރިޗު 17 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިކަމަށް އެދި ހުށަހަޅާނީ "އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 2015 މާރިޗު 8 ވާ އާދީއްތަ ދުވަހުން ފެށިގެން 2015 މާރިޗު 17 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 3:00 އަށް، އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ރ. އަލިފުށީ ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު ކޮމިޝަންގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ