ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ރޭންކް

ޖީ.އެސް 4

މުއްދަތު

3 (ތިނެއް) މަސްދުވަސް

ބޭނުންވާ އަދަދު 

1 (އެކެއް)

ސެކްޝަން

އެޑްމިން ސެކްޝަން

މުސާރަ

- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް /-270 ރުފިޔާ (ދުވާލަކު 7 ގަޑިއިރު) 

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތް

  1. މިނިސްޓަރުގެ ނައިބުގެ އަރިހަށް އަންނަ ސިޓީފަދަ ތަކެތި ބަލައިގަނެ،  ނައިބުގެ އަރިހަށް އެ ތަކެތި ގެންދިއުމާއި، އަންގަވާ ގޮތެއްގެ މަތިން ކަމާބެހޭ ފަރާތްތަކާ އެތަކެތި ހަވާލުކުރުން.
  2. މިނިސްޓަރުގެ ނައިބު އަރިހަށް އެޕޮއިންޓްމަންޓްތަކުގައި އަންނަ ފަރާތްތަކަށް، ނައިބު ހަމަޖައްސަވާ ގޮތެއްގެ މަތީން އެޕޮއިންޓްމަންޓް ހަމަޖެއްސުން.
  3. މިނިސްޓަރުގެ ނައިބު އަރިހަށް އަންނަ ތަކެއްޗާއި، މިނިސްޓަރުގެ ނައިބު ސީދާ ބަލަހައްޓަވާ މަސައްކަތްތައް ނިންމެވުމުން، އެތަކެތި ފައިލްކޮށް ބެލެހެއްޓުން.
  4. މިނިސްޓަރުގެ ނައިބުގެ ކޮޓަރިކޮޅު ހުޅުވައި ލެއްޕުމާއި، ފޮޅައި ސާފުކޮށްފައިވޭތޯ ބެލުން.
  5. ސެކްޝަނުގެ މުވައްޒަފަކު ބަލިވެ ސަލާމްބުނުމުން ނުވަތަ ޗުއްޓީނެގުމުން ނުވަތަ މިނޫންވެސް ކަމަކާގުޅިގެން ހަވާލުކުރެވޭ މަސައްކަތްތަކާއި، ޑިޕާޓްމަންޓުގައި ކުރަން ދިމާވާ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  6. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރަށާއި ޤާބިލްކަމަށް ބަލައި، ދާއިމީ މަޤާމުތަކަށް މުވައްޒަފުން ހޮވުމަށް ފުރުޞަތު ހުޅުވާލެވޭއިރު އެފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  7. މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތާ ގުޅޭ ކަމެއް ވެރިއަކު ހަވާލުކުރައްވައިފިނަމަ އެކަމެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބެލުން.

- ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި، އިންޓަވިއުކުރުން.

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ.  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތާއި،   ވަޒީފާ އަދާކުރަން ފެއްޓެވި އަދި ވަކިވި ދުވަސް/މަސް/އަހަރު އެނގެން އޮންނަންވާނެއެވެ.)

ޅ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 12 ވަނަ ދުވަހުގެ 14:30 ގެ ކުރިއެެވެ.

އިންޓަވިއު

މިކަމަށްއެދި ހުށަހަޅާ ފަރާތްތަކާ ކުރެވޭ އިންޓަވިއު އޮންނާނީ، 2015 މާރިޗު 15 އާއި 17 އާ ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341307 ނަންބަރު ފޯނަށް ނުވަތަ 3341303 ނަންބަރު ފޯނަށެެވެ.

12 ޖުމާދަލްއޫލާ 1436

03 މާރިޗު 2015
ހޯދާ